ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ކަމަށްވާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވެއްޖެއެވެ.
ބައްސާމް މިހެން ވިދާޅުވީ ފީފާގެ ރައީސް އިންފަންޓީނޯއާ އާއެކު މިއަދު ބޭއްވި ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. ބައްސާމް ވިދާޅުވީ އިންފަންޓީނޯ ރާއްޖެ އަށް ކުރައްވާ އެ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.
މީގެއިތުރުން މިއަދުގެ ބައްދަލުވުމުގައި އަންނަ އަހަރު އޮންނަ އޭއެފްސީ ކޮންގްރެސްގެ އިންތިހާބުގައި ފީފާ ކައުންސިލް އަދި އޭއެފްސީ އެގްޒެކްޓިވް ކޮމިޓީ އަށް އެފްއޭއެމްގެ ފަރާތުން ހުށަހަޅާފައިވާ މަރިޔަމް މުހައްމަދު (މާޔަން) އާ ގުޅޭގޮތުން ވެސް ވާހަކަދެއްކި ކަމަށާއި، އެ އިންތިހާބު މާޔަން އަށް ކާމިޔާބުކޮށްދިނުމަށް އެފްއޭއެމް އިން ހިންގާ ކެމްޕެއިނަށް ތާއީދުކޮށް ދެއްވުމަށް އިންފަންޓީނޯގެ އަރިހުން އެދިވަޑައިގެންނެވި ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.
Bassam Adeel Jaleel
@bassam_jaleeI
Just concluded a successful long meeting with President of FIFA. Discussed about our candidate @Mayan_17 and requested for his support for our campaign.
FIFA President confirmed of his visit to Maldives soon and pay a courtesy visit to HEP @ibusolih #maldivestoFIFA 🇲🇻
9
6:02 PM – Dec 21, 2018
Twitter Ads info and privacy
See Bassam Adeel Jaleel’s other Tweets
Twitter Ads info and privacy
އެފްއޭއެމް އިން މާޔަންގެ ނަން އެ މަގާމަށް ހުށަހަޅާފައިވާއިރު، މާޔަން މިވަގުތު ހުންނެވީ އެފްއޭއެމްގެ ވިމެންސް ފުޓްބޯޅަ ޑިޕާޓްމަންޓުގައި އެންމެ އިސްވެރިޔާގެ މަގާމުގައެވެ. މާޔަން ވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމު ވެސް މީގެކުރިން އަދާކޮށްފައެވެ.
އޭއެފްސީގެ އިންތިހާބު ބާއްވާ ކޮންގްރެސް އޮންނާނީ އަންނަ އަހަރު އޭޕްރީލް މަހު ހަ ވަނަ ދުވަހު މޭލޭޝިއާގައެވެ.
Facebook Comments