web analytics
ކުޅިވަރު

ފުޅާ ލީޑަކުން މާޒިޔާ ދެ ވަނަ ބުރު ނިންމާލައިފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ތާވަލުގެ އެއް ވަނައިގައި އަށް ޕޮއިންޓްގެ ލީޑަކާ އެކު މާޒިޔާއިން ދެ ވަނަ ބުރު ނިންމާލައިފި އެވެ.

ފުރަތަމަ ބުރުގައި ފޯކައިދޫއިން ވަނީ މާޒިޔާ ލަނޑެއް ޖެހިޔަ ނުދީ އެއްވަރު ކޮށްފަ އެވެ. ރޭގެ މެޗުން މޮޅުވެ މާޒިޔާއިން ވަނީ ޖުމުލަ 41 ޕޮއިންޓް ހޯދާފަ އެވެ. ދެ ވަނައިގައި އީގަލްސް އޮތީ 33 ޕޮއިންޓްގެ ލީޑަކާ އެކު އެވެ. އެއީ މިއަދު ވިކްޓަރީ އާ ދެކޮޅަށް ކުޅެން ޝެޑިއުލްގައި އޮތް މެޗުގެ ތިން ޕޮއިންޓް އީގަލްސް އަށް ލިބޭނެތީ އެވެ.

ލީގްގެ މެދަކާ ހަމައިން ވިކްޓަރީ ސަސްޕެންޑް ކުރުމުން އެ ޓީމާ ދެކޮޅަށް ކުޅޭ ޓީމުތަކަށް ޕޮއިންޓް ދޭ ގޮތަށް އެފްއޭއެމުން ވަނީ ހަމަޖައްސާފަ އެވެ.

ރޭގެ މެޗުގައި، ފުރަތަމަ ލީޑް ނެގީ މާޒިޔާއިންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 15 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކޯނޭލިސް ސްޓްވާޓް (ކޯނޭ) އެވެ. ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓްގައި ފޯކައިދޫއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ކެޕްޓަން ހުސައިން ފަޒީލް އެވެ.

މާޒިޔާއަށް އަލުން ލީޑް ނަގައިދިނީ 65 ވަނަ މިނެޓްގައި ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. މި މެޗުގައިވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނުކުމެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ މާޒިޔާއަށް ލަނޑު ޖަހައިދީފަ އެވެ. އޭނާ ލަނޑު ޖެހީ އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގަ އެވެ.

ފޯކައިދޫގެ ދެ ވަނަ ލަނޑަކީ މާޒިޔާގެ ކީޕަރު އޮވައިސް އަޒީޒީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެއީ ފޯކައިދޫގެ އިންޝާއު އަހްމަދު ފޮނުވާލި ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ގައިގައި ޖެހިގެންނެވެ.

ދަ ގްރާންޑޭ މޮޅުވިޔަ ނުދީ ނިލަންދޫ ހިފަހައްޓައިފި

ދިގު ބުރޭކަކަށް ފަހު، ޑިސެމްބަރު މަހު ފަހުކޮޅު ލީގް އަލުން ފެށިއިރު، ދަ ގުރާންޑޭ އަށް ދިމާވެފައިވާ މައްސަލައަކީ މެޗުން މޮޅު ނުވެވެމުނެވެ. މިއަދު ހަވީރު ފ. ނިލަންދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށްވެސް މޮޅުނުވުމުގެ ސިލްސިލާއަށް ވަނީ ބޮޅެއް އިތުރު ވެފަ އެވެ.

އިއްޔެ ހަވީރު އޮތް މެޗުން އެއްވަރުވީ 1-1 ންނެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީ ނިލަންދޫއިންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ ހަތް ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖަޕާންގެ މިޑްފީލްޑާ ޓޮށިކީ އޮކަމޯޓާ (ޓޮށީ) އެވެ.

ދަ ގްރާންޑޭ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 69 ވަނަ މިނެޓްގައި އަޔާޒް އަހްމަދު (އަޔާ) އެވެ. ފުރަތަމަ ބުރުގައި ދަ ގްރާންޑޭއިން ވަނީ ނިލަންދޫގެ މައްޗަށް 2-0 ން މޮޅުވެފަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ފަހު ވަގުތު މިލިކް ޖެހި ލަނޑުން ނަޕޯލީ މޮޅުވެއްޖެ

ސުވާދީބު

ޓޮޓެންހަމް ދެވަނަ ބުރަށް، އިންޓަ ޔޫރޮޕާ ލީގަށް

ސުވާދީބު

ސުވާދީބު
Share