web analytics
ް މުނިފޫހި ފިލުވުން

ފޯބްސް އިން ހޮވާ އެންމެ މުއްސަނދި ތަރިންގެ ލިސްޓަށް ދީޕިކާ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އިންޑިއާގެ މަޝްހޫރު މެގަޒިންނެއް ކަމަށްވާ “ފޯބްސް އިންޑިއާ” އިން ހޮވާ އެންމެ މުއްސަނދި އިންޑިއާ މީހުންގެ ލިސްޓުގެ ފަސް ވަނަ ބޮލީވުޑުގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯނު ހޯދައިފި އެވެ. މިއީ އަންހެނަކަށް އެ ލިސްޓުގެ އެހާ ކުރިން ޖާގަ އެއް ލިބުން ފުރަތަމަ ފަހަރު ވެސް މެއެވެ.
މިއަހަރުގެ ލިސްޓުގެ ފަސް ވަނަ ދީޕިކާއަށް ލިބިފައި މިވަނީ މިއަހަރު އެކަނިވެސް އާމްދަނީގެ ގޮތުގައި 112.8 ކްރޯޑު ރުޕީސް ހޯދައިގެންނެވެ. އެއާއެކު ދީޕިކާ ވެފައި މިވަނީ މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ބޮލީވުޑުގެ ބަތަލާއަށެވެ.

ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގު ލިސްޓުގެ އަށް ވަނަގައި ހިމެނިފައި ވަނީ 84.67 ކްރޯޑު ރުޕީސްއާއެކު އެވެ. އަދި އަޖޭ ދޭވްގަން ހިމެނިފައި ވަނީ އެ ލިސްޓުގެ ދިހަ ވަނައި ގައެވެ. އެއީ 74.5 ކްރޯޑު ރުޕީސްއާއެކު އެވެ.

މީގެއިތުރުން ޖެހި ޖެހިގެން ތިން ވަނަ ފަހަރަށް ބޮލީވުޑުގެ ބަތަލު ސަލްމާން ހާނު ވަނީ ލިސްޓުގެ އެއް ވަނަ ހޯދާފައެވެ. އުމުރުން 52 އަހަރުގެ ސަލްމާން އެ ލިސްޓުގެ އެއް ވަނަ ހޯދީ 253.25 ކްރޯޑްސް ހޯދާއިގެންނެވެ. އޭނާއަކީ ބޮލީވުޑުގައި އެންމެ ބޮޑު އާމްދަނީ އެއް ލިބޭ ފަރާތެވެ.

ބަތަލާ ޕްރިޔަންކާ ޗޯޕްރާއަށް މިދިޔަ އަހަރު އެ ލިސްޓުގެ ހަތް ވަނަ ލިބުނު ނަމަވެސް މިއަހަރު އޭނާއަށް ގާޖަ ލިބުނީ އެލިސްޓުގެ 48 ވަނަ އިންނެވެ. އެއީ 18 ކްރޯޑު ރުޕީސް ހޯދައިގެންނެވެ.

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީގެ ނަން އެ ލިސްޓުގެ ދެވަނަގައި ހިމެނެއެވެ. 228.09 ކްރޯޑު ރުފީސް ހޯދައިގެން އިންޑިއާގެ ކުޅިވަރުގެ ދާއިރާގެ ތަރިއަކަށް އެ ލިސްޓުގެ ދެ ވަނަ ލިބުނު މިއީ ފުރަތަމަ ވެސް މެއެވެ. ތިން ވަނަގައި ހިމެނިފައި ވަނީ ބޮލީވުޑުގެ ތަރި އަކްޝޭ ކުމާރެވެ. އޭނާއަށް ތިން ވަނަ ލިބުނީ 185 ކްރޯޑް ރުޕީސް ހޯދައިގެންނެވެ.

މިއަހަރުގެ ތެރޭގައި މަޝްހޫރު ތަރި ޝާހް ރުކް ހާނުގެ ފިލްމެއް ނެރެފައި ނުވާތީ އޭނާއަށް ވަނީ ލިސްޓުގެ ދެވަނަ ގެއްލި ފައެވެ. 13 ވަނަގައި މިއަހަރު އޭނާ ހިމެނުނީ އެންމެ 56 ކްރޯޑު ރުޕީސްއާއެކު އެވެ. މީގެއިތުރުން އާމިރު ހާނުއަށް އެލިސްޓުގެ ހަ ވަނަ ލިބުނުއިރު އަމީތާބު ބައްޗަން އަށް ލިބުނީ ލިސްޓުގެ ހަތް ވަނަ އެވެ.

ފޯބްސް އިން ހޮވި، ސެލެބްރިޓީ 100 ގައި މިއަހަރު ނަން ހިމެނިފައި ވަނީ މިިދިޔަ އަހަރުގެ އޮކްޓޫބަރު އެއް ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު 30 އާ ދެމެދަށް ތަރިންނަށް ލިބިފައިވާ އާމްދަނީއަށް ބެލުމަށް ފަހު ކަމަށް ފޮބްސް އިން ބުނެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ގައުމީ ކެރަމް މުބާރާތުގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން ކުލަބު ޓީނޭޖް ހޯދައިފި

ސުވާދީބު

2019 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ ހޮލީވުޑު ބަައެއް ފިލްމުތައް

ސުވާދީބު

ލޯނެއް ނުދައްކައިގެން ޝިލްފާ ކޯޓަށް ހާޟިރުކޮށްފި

ސުވާދީބު
Share