web analytics
ވިޔަފާރި

ދަނޑުވެރިކަމަށް އެތެރެ ކުރާ ސާމާނުން ޑިއުޓީ ކަނޑާލަން ފާސްކޮށްފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ދަނޑުވެރިކަމަށް ރާއްޖެއަށް އެތެރެ ކުރާ ސާމާނުން ޑިއުޓީ ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ދަނޑުވެރިކަމަށް ރާއްޖެ އެތެރެކުރާ ބާވަތްތަކުން ސަރުކާރަށް ނަގާ ޑިއުޓީ ކަނޑާލުމަށެވެ. އެގޮތުން ދަނޑުވެރިކަމަށް އެތެރެކުރާ ލިސްޓެއް ޝަރީފު ވަނީ ހިމަނާފައެވެ.

މި އިސްލާހު މަޖްލިސްއިން ފާސްކޮށްފައިވަނީ 56 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ތެރޭގައި ފުއްދަވާނެ ވައުދުގެ ތެރޭގައި ދަނޑުވެރިކަމަށް އެތެރެ ކުރާ ސާމާނުން ޑިއުޓީ ކަނޑާލުން ހިމެނެއެވެ.

މި ބިލް ތަސްދީގުކޮށް ގެޒެޓު ކުރުމާއި އެކު ދަނޑުވެރިކަމަށް އެތެެރެ ކުރާ ސާމާންގެ ޑިއުޓީ ކެނޑޭނެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޕިއްޒާ ބޯނާގެ “ހެޕީ އަވާ ޕްރޮމޯޝަން” ފަށައިފި

ސުވާދީބު

ދިރާގުގެ ހިދްމަތުގެ އަޕްގްރޭޑު: ކަސްޓަމަރުންނަށް ބޮޑު ބޮލު ރިހުމަކަށް!

ސުވާދީބު

ބީއެމްއެލްގެ ފުރަތަމަ ބިޒްނަސް ސެންޓަރު އައްޑޫ ގައި ހުޅުވައިފި

ސުވާދީބު
Share