web analytics
ޙަބަރު

ދަރިފުޅަކަށް ނުހިނގޭ، އަލީ ސޯލިހު އިއްޔެ ހޮސްޕިޓަލަށް ގޮސް މައާފަށް އެދުނު އެކްސިޑެންޓުވި ޒުވާނާގެ ބައްޕަ:

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި އަލީ ސޯލިހު އައްޑޫ ސިޓީ ހިތަދޫ ލިންކު ރޯޑުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ދުއްވަން އިން ކާރަކުން ޖެހި އެކްސިޑެންޓުވި ޒުވާނާއަށް ނުހިނގޭ ކަމަށާއި ބޮޑުކަމުވެސް ނުދެވޭ ކަމަށް އޭނާގެ ބައްޕަ ބުނެފި އެވެ.

އެ އެކްސިޑެންޓު ވި ފަހުން ފަސްދުވަސް ވެފައި ވާއިރު މައްސަލައާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އާންމުން ދަނީ ކުރަމުންނެވެ.

އައްޑޫ ސިޓީ ހިތަދޫ، ބިންބިމާގެ، އުމުރުން 19 އަހަރުގެ އަހުމަދު ހައިޝަމްއަށް ވަނީ އެ އެކްސިޑެންޓުގައި ގިނަ އަނިޔާތަކެއް ލިބިފައެވެ. މި އެކްސިޑެންޓާ ގުޅޭ ގޮތުން ދެކެވޭ ވާހަކަ ތަކާ ގުޅިގެން “ދިވެހި ޕޯސްޓް “ގެ ނޫސްވެރީން ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ހައިޝަމްއަށް ޒިޔާރަތްކޮށް ވެދިޔަގޮތް ސާފުކޮށްފަ އެވެ.

” ދިވެހި ޕޯސްޓް ” އަށް ދިން އިންޓަވިއުއެއްގައި ހައިޝަމްގެ ބައްޕަ އިބްރާހީމް ސޮބްރީ ބުނީ ސައިކަލުގައި ޖެހި ހިނގި އެކްސިޑެންޓުގެ ސަބަބުން ހައިޝަމްއަށް ފަރުވާ ދިނުމަށް މާލެ ގެނެސްފައި ވަނީ އިއްޔެރޭ ކަމަށެވެ.

“ހައިޝަމްއަށް ރަނގަޅަކަށް ނުހިނގޭ. އުނަގަނޑުގެ ކަށިގަނޑަކަށް ގެއްލުން ވެފައިވަނީ. އެހެންވެ ޑޮކްޓަރުން ބުނެފައިވަނީ ތިން ހަފްތާގެ ބެޑް ރެސްޓު ކުރަން،” އޭނާ ބުންޏެވެ.

މޭކަށީގެ އިތުރުން އުނަގަނޑުގެ ކައްޓަށް ވެސް ގެއްލުން ލިބިފައިވުމުގެ ސަބަބުން ހައިޝަމްއަށް އިށީނދެ ނީނދެވޭ ކަމަށާއި ބޮޑުކަމުދިޔުމަށް އުނދަގޫ ކަމަށް ވެސް އިބްރާހީމް ބުންޏެވެ. އޭނާ ބުނީ ވޭތުވެ ދިޔަ ފަސް ދުވަހު ހައިޝަމްއަށް ބޮޑުކަމު ނުދެވޭ ކަމަށެވެ.

“މިއަދުވެސް އެނދުން ނަގައިގެން ގެންދަން އުޅުމުގެ ތެރޭގައި ކިރިޔާ ނުވެއްޓުނީ. ރަނގަޅަކަށް ކޮޅަކަށް ނުހުރެވޭ. ދެން އިރުކޮޅެއް ފަހުން ވަރަށް ގިނައިން ހޮޑުލީ،” އޭނާ ބުންޏެވެ.

މިދިޔަ ހޯމަ ދުވަހުގެރޭ އެ އެކްސިޑެންޓް ހިނގާފައި ވަނީ ހައިޝަމް އޭނާގެ ތިމާގެ ކުއްޖެއް ގޮވައިގެން ގެއަށް ލާން ދިޔަ މަގުމަތީގައެވެ. އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމްގައި ހައިޝަމް އެޑްމިޓްކުރުމަށްފަހު ޑިސްޗާޖުކުރި ނަމަވެސް އޭނާގެ ހާލު ރަނގަޅު ނޫން ކަމުން ހޮސްޕިޓަލުގައި ބޭއްވުމަށް އެދުނީ ކަމަށް އިބްރާހީމް ބުންޏެވެ.

“ޑޮކްޓަރުން ބުނަނީ އޭނާގެ އުނަގަނޑުގެ ދެ ކަށިގަނޑު ހުރީ ވަރަށް  ބޮޑަށް ދުރުވެފައި ކަމަށް. ހައިޝަމްގެ ބައްޕަ ކިޔައިދިނެވެ. އޭނާ ބުނީ މިހާރު މަސައްކަތް ކުރަމުން އަންނަނީ ހައިޝަމް އިންޑިއާއަށް ގެންދިޔުމަށް ކަމަށެވެ.

އިބްރާހީމް ބުނީ އެކްސިޑެންޓުވެ މާލެ ގެނައުމުން އިއްޔެ އަލީ ސޯލިހު ހައިޝަމްގެ ގާތަށް ޒިޔާރާތްކުރެއްވި ކަމަށެވެ. އަދި ޒިޔާރާތްކުރެއްވުމަށްފަހު ހައިޝަމްގެ ގާތުން އަލީ ސޯލިހު މައާފަށް އެދުނު ކަމަށް އޭނާ ބުންޏެވެ. އަދި އިންޑިއާއަށް ގެންދިޔުމުގެ ހަރަދުތަކަށް ހޭދަ ކޮށްދޭނެ ކަމުގެ ޔަގީންކަން ސޯލިހު ދެއްވި ކަމަށް އިބްރާހީމް ބުންޏެވެ.

“އަސްލު އާއިލާ އާއި ސޯލިހާ ދެމެދު އެއްބަސްވުމަކަށް އައިސް ކަންތައްތަކާ މަޝްވަރާ ކުރަމުން ގެންދާތީ އިތުރު މައުލޫމާތެއް މިވަގުތު ދެވޭކަށް ނެތް،” އިބްރާހީމް ބުންޏެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ދިވެހިން ނަމޫނާ ދައްކައިފި، ޔަމަން ފަންޑަށް 1.8 މިލިއަން ރުފިޔާ ލިބިއްޖެ

ސުވާދީބު

ޑީއޯ ސައްޕެ ސިޔާސީ ޕާޓީއެއް އުފައްދަވަނީ

ސުވާދީބު

ޓްރެފިކަށް ހޭލުންތެރިކުރުވުމުގެ “މީތި ސަޅި” ކެމްޕެއިން ފަށައިފި

ސުވާދީބު
Share