web analytics
ދީން

ދީނީ ދަރުސްތަކުގެ ސަބަބުން ފިތުނަފަސާދަ އުފެދޭ- އާނިޔާ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ދީނީ ދަރުސްތަކުގެ ސަބަބުން ފިތުނަފަސާދަ އުފެދޭ ކަމަށް، މީގެ ކުރިން ވެސް އިސްލާމްދީނާއި ހިލާފު އެތައް ވާހަކައެއް ދައްކާފައިވާ އައިޝަތު އާނިޔާ ބުނެފިއެވެ.

ރޭ އޮތް ޝެއިހް އިލްޔާސ ހުސައިންގެ ދަރުސްގެ ތައްޔާރީތައް ހިމެނޭ ޓްވީޓެއް ރީޓްވީޓް ކުރަމުން އާނިޔާ މިއަދު ހެނދުނު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ދީނީ ދަރުސްތަކުން ނިކުތް އެންމެ ބޮޑު ނަތީޖާއަކީ ޒަމާނުއްސުރެއް ދިވެހީންގެ ތެރޭގައި އޮތް ޓޮލަރެންސްގެ ސިފަ ނެތިގެން ދިޔުން ކަމަށެވެ. އަދި ދީނީ ދަރުސްތަކުގެ ސަބަބުން މީސް މީހުންގެ އަބުރާ ބެހުމާއި، ދީނީ އަގީދާއާއި މެދު އާންމުންގެ ތެރޭގައި ސުވާލު އުފައްދާ ފިތުނަފަސާދަ ފެތުރޭ ކަމަށްވެސް އާނިޔާގެ ޓްވީޓްގައި ވެއެވެ.

View image on Twitter
View image on Twitter
22 people are talking about this

އާނިޔާ ދީނީ އިލްމުވެރިންނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށް އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާއިރު، އޭނާ ވަނީ މާލޭގައި އިމާރާތް ކުރަމުން އަންނަ ސަލްމާން މިސްކިތަކީ ހުތުރު އިމާރާތެއް ކަމަށާއި “މިހުތުރު އިމާރާތް” ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރީތި މަންޒަރު ބެލުމަށް ހުރަސް އަޅާ ކަމަށްވެސް މީގެ ކުރިން ބުނެފައެވެ.

އާނިޔާ އަކީ 2007 ވަނަ އަހަރު ވެސް އިސްލާމްދީނަށް ފުރައްސާރަކޮށް މިނިވަން ނޫހުގައި ލިޔުމެއް ލިޔުނު މީހެކެވެ. އެމައްސަލައިގައި އޭނާ އޭރު އިސްލާމީ ކަންތައްތަކާއި ބެހޭ މަތީ މަޖިލީހަށް ހާޒިރުކޮށް ނަސޭހަތް ވެސް ދިނެވެ. ނަމަވެސް މިހާރުވެސް އާނިޔާ އަކީ މުސްލިމަކު އިސްލާމްދީނާއި ބެހޭ ގޮތުން ދެއްކުން އެކަށީގެންނުވާ ކަމަށް ބެލެވޭ އެތައް ވާހަކައެއް މީސް މީޑިއާގައި ދައްކަމުން ގެންދާ މީހެކެވެ.

އާނިޔާ އަކީ މިހާރު ވެސް “މިނިވަން ރޭޑިއޯ” ގެ ނަމުގައި ރޭޑިއޯއެއް ހިންގަމުން އަންނަ މީހެކެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ތަފުސީރު: ކޮންމެ ނަފުސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ.

ސުވާދީބު

ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަން

ސުވާދީބު

މިވަގުތު ހާލަތު ހުރި ގޮތުން މޫނު ބުރުގާ ނޭޅުން ރަނގަޅު – ޑރ އިޔާޒް

ސުވާދީބު
Share