web analytics
ޙަބަރު

ދީނީ ޗެނަލް ހަދަން ދިން ފައިސާތަކަކަށް ވީނުވީއެއް ނޭނގެ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ދީނީ ޗެނަލެއް ހަދަން ޒަކާތު ފަންޑުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އަށް ދިން ފައިސާއިން ބަޔަކަށް ވީނުވީއެއް ނޭނގިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ 2017 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ދީނީ ޗެނަލަށް އިކްއިޕްމެންޓް ގަތުމަށް ޕީއެސްއެމް އަށް ދިން ފައިސާގެ ތެރެއިން 1.4 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އަށް ވީ ގޮތެއް ނޭނގިފައިވާ ކަމަށެވެ. ރިޕޯޓްގައިވާ ގޮތުން ދީނީ ޗެނަލަށް އިކްއިޕްމެންޓް ގަތުމަށް 7.9 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދީފައިވެ އެވެ.

ނަމަވެސް އިކްއިޕްމެންޓް ގަތުމަށް ހަރަދުކޮށްފައި ވަނީ އޭގެ ތެރެއިން 1.6 މިލިޔަން ރުފިޔާ އެވެ. އެހެންވެ ޕީއެސްއެމް އިން އެ ފައިސާ ޖަމާ ކުރި އެކައުންޓްގައި ބާކީ 6.2 މިލިޔަން ރުފިޔާ ހުންނަން ޖެހޭ ކަމަށާއި އެހެން ނަމަވެސް އެ އެކައުންޓްގައި ހުރީ 4.8 މިިލިޔަން ރުފިޔާ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

“… އެހެންކަމުން އިކްއިޕްމެންޓް ގަތުމަށް ދީފައިވާ ފައިސާގެ ތެރެއިން ބާކީ ހުންނަން ޖެހޭ އަދަދަށް ފައިސާ ނެތްކަން އެކައުންޓްގެ ސްޓޭޓްމަންޓުން ދައްކަ އެވެ،” ރިޕޯޓްގައި ވެ އެވެ.

ރިޕޯޓްގައިވާ ގޮތުން ޕީއެސްއެމް އަށް ދިން ފައިސާ އެ ކުންފުނިން ބޭނުންކޮށްފައިވާ ގޮތް ހޯދަން މިނިސްޓްރީން މަސައްކަތް ކޮށްފައެއް ނުވެ އެވެ.

ދީނީ ޗެނަލް ހަދަން ޕީއެސްއެމް އަށް 7.9 މިލިޔަން ރުފިޔާ ދިނީ އެ ފައިސާ ޒަކާތު ފަންޑުން ނަގައި ވަގުފް ފަންޑަށް ބަދަލުކުރުމަށް ފަހު އެ ފަންޑުންނެވެ. އެ ކުންފުންޏަށް އެއަދަދަށް ފައިސާ ދިނީ ޗެނަލް ހެދުމަށް ހުށަހެޅި ކޯޓޭޝަނަކަށް ބަލައިގެންނެވެ.

ދީނީ ޗެނަލް ހިންގަން ޕީއެސްއެމް އަށް ފައިސާ ދިނުމުން އެ ކުންފުނިން އަމަލުކޮށްފައިވާ ގޮތް ވެސް ރަނގަޅެއް ނޫނެވެ. އެގޮތުން ދީނީ ޓީވީ ޗެނަލް އުފެއްދީ ޕީއެސްއެމް އިން އެހައިތަނަށް ހިންގަމުން އައި ޗެނަލެއްގެ ނަން “މުންނާރު ޓީވީ” އަށް ބަަދަލުކޮށްގެންނެވެ. އަދި ރޭޑިއޯ ޗެނަލް އުފެއްދުމުގެ ނަމުގައި ކުރި ކަމަކީ ވެސް ކުރިން ހިންގަމުން ދިޔަ ޗެނަލެއްގެ ނަން ބަދަލުކުރުމެވެ. އެގޮތުން ކުރިން ގެނެސްދެމުން ދިޔަ “ދީނުގެ އަޑު” އެއީ ދީނީ ރޭޑިއޯ ޗެނަލް ކަމަށް ވަނީ ހަމަޖައްސާފަ އެވެ.

ޒަކާތު ފަންޑުން ހަރަދުކޮށްގެން އިސްލާމިކް މިނިސްޓްރީން ކުރި އެހެން ބައެއް ކަންތައްތަކުގައި ވެސް މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެ އެވެ. އެގޮތުން އެ ފަންޑުން މުސާރަ ދޭ ގޮތަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށް ލީ މުވައްޒަފުންނަށް ސިވިލް ސާވަންޓުންގެ މުސާރަ އަށް ވުރެ ބޮޑުކޮށް މުސާރަ ދީފައިވާ ކަމަށް ރިޕޯޓްގައި ބުނެފައި ވެ އެވެ.

މި ހުރިހާ ކަމެއް ހިނގި އިރު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވީ ޑރ. އަހްމަދު ޒިޔާދު ބާގިރު އެވެ. އަދި ޕީއެސްއެމްގެ މެނޭޖިން ޑައިރެކްޓަރަކީ އިބްރާހީމް ހަލީލެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޓީޗަރުންނާމެދު ކަންތައްކުރި ގޮތުން ޝެއިހުލް އަޒްހަރު ހުންނެވީ ކޯފާވެވަޑައިގެންފައި: އަލީ ޒާހިރު

ސުވާދީބު

މެގީ ނޫޑްލްސް ސިއްހަތައް ނުރައްކާތެރި މާއްދާއެއް ހުރި ކަމަށް އެއްބަސްވެއްޖެ

ސުވާދީބު

މި ސަރުކާރުން އުމްރާނީ ތަރައްގީގެ ބަދަލުގައި އިސްކަމެއް ދޭނީ އިންސާނީ ތަރައްގީއަށް: ރައީސް ސޯލިހް

ސުވާދީބު
Share