web analytics
ދުނިޔެ

ދުނިޔޭގެ ހުރިހާ ޤައުމެއް ހިތުދަސްކޮށް އުމުރުން 6 އަހަރުގެ ކުއްޖަކު ދުނިޔެ ސިއްސުވާލައިފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

މިއަދު ޓެކްނިލޮޖީގައި ދުނިޔެ ކުރި އަރައިގެން ދިޔަ ދިއުމާއިއެކު ގިނަ ކަންތައްތަކެއް މިވަނީ ބަދަލުވެފައެވެ. މީގެ ކުރިން ދުނިޔޭގެ ރަށްތަކަށާއި ސިޓީތަކަށް ކިޔާނަން އެނގޭ މީހަކީ މޮޅު މީހެއް ކަމުގައި ބެލެވިފައިވީނަމަވެސް، މިއަދު ގިނަ ބަޔަކު ދެކެނީ އެއީ ބޭކާރު ކަމެއްގެ ގޮތުގައެވެ. ގޫގަލް މެޕްސްއިން ދުނިޔޭގެ ކޮންމެ ޤައުމެއްގެ ކޮންމެ ސިޓީއެއް ބަލާލެވުނު ކަމުގައި ވީނަމަވެސް މިނަންތައް ދަސްކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކެވެ.

ކަންޑަން ގްރެގްރީގެ މައިންބަފައިންނަކީ މީގެ ތެރެއިން ހިމެނޭ ބަޔެކެވެ. ސުކޫލުގެ މަދަރުސީ ތަޢުލީމުގައި ޤައުމުތަކުގެ ނަންތައް ދަސްކުރުމަކީ ކޮންމެހެން ކުރަން ޖެހޭ، އަދި ދަސްކޮށްދޭ ކަމަކަށް ނުވިނަމަވެސް، ގްރެގްރީގެ މައިންބަފައިންނަށް މިކަމަކީ މުހިންމު ކަމަށް ކަމެއްގެ ގޮތުގައި ދެކެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އުމުރުން 6 އަހަރުގައި ކަންޑަން ގްރެގްރީވަނީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ ނަން ދަސްކޮށްފައެވެ.

ކަންޑަން ގްރެގްރީ ވަނީ ދަ އެލެން ޝޯގައި އޭނާގެ ހުނަރު ދައްކާލާފައެވެ. ހުރިހާ ޤައުމެއްގެ ނަން ކިޔާދެމުން، ކަންޑަން ގްރެގްރީ ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. މި ވީޑިއޯ އެކި މީސްމީޑިޔާތަކުގައި ގިނަ ބަޔަކު ޝެއަރ ކުރަމުން އަންނައިރު،ދުނިޔޭގެ ހުރިހާ ޤައުމެއް އެލަން ދަސްކޮށްފައިވަނީ އެންމެ އަހަރެއްގެ ތެރޭގައިކަން ފާހަގަކޮށްލެވެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޖައްވަށް ދެވެނޭ ލިފްޓެއް އީޖާދުކުރަނީ

ސުވާދީބު

ލަންކާ ބޮޑުވަޒީރު ކަމަށް އަލުން ރަނިލް އައްޔަންކޮށްފި

ސުވާދީބު

ކިނބުލަށް ކާންދޭ ސައިންޓިސްޓް އަންހެން މީހާ ކާލައިފި

ސުވާދީބު
Share