web analytics
ދުނިޔެ

ދެން ބުލީއެއް ނުކުރެވޭނެ” ފޭސްބުކްގައި ކަރުނަ އަޅާ ރުއި، ދެން ދިޔައީ ވަކިވެގެން”

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ގަނާ (ބުލީ) ކުރުމަކީ ދުނިޔޭގެ ގިނަ ހިސާބުތަކުގައި އާއްމުވެފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ ފަހަރަށް ވަރަށް ބޮޑެތި މައްސަލަތައްވެސް ނިކުންނަ ކަމެކެވެ. މީގެ ތެރެއިން އެއް ކަމަކީ އަމިއްލައަށް ފުުރާނަ ދުއްވާލުމުވެ.

ކޮންމެ މީހެއްވެސް ކުރަން ބޭނުންވާ ވަރަށް ބައިވަރު ކަންތައްތަކެއް ހުންނާނެއެވެ. އުންމީދުތަކެއް ދިރިއުޅުމުގައި ކުރާނެއެވެ. މިހުރިހާކަމެއް މަތިން ހަނދާން ނައްތާލާ ދުނިޔެ މަތިން މީހާ ފޫހިކޮށްލާ އެއް ކަމަކީ ގަނާ ކުރުމެވެ. އުމުރުން 14 އަހަރުގެ ރޯޗަލް ޕްރޯއީއަށްވެސް ކަންދިމާވީ މިފަދަ ގޮތަކަށެވެ.

“ވަރަށް ހީ ސަމާސާކޮށް ހަދާނެ. ވަރަށް މަޖާވާނެ” ރޯޗަލްގެ ދައްތަ އޭނާގެ ކޮއްކޮ ސިފަކުރީ މިހެންނެވެ. ނަމަވެސް އުމުރުން އެންމެ 14 އަހަރުގައި މުޅި ދުނިޔެ މަތިން ރޯޗަލް ފޫހިކޮށްލީ އޭނާއަށް ސުކޫލުގެ މާޙައުލުން ކުރަމުން އައި ގަނާއެވެ.

“މިދިޔަ އަހަރު އޯގަސްޓް މަހުގެ ތެރޭގައި ކޮއްކޮ ގެޔަށް އައީ ރޮމުން. ފައި އޮތް ވަރަށް ބޮޑަށް މަށައިގެން ގޮސްފަ. ސްކޫލުގެ މާޙައުލުގައި ބްލީ ކުރާކަން އެނގުނީ އެހިސާބުން. އެވާހަކަ އިދާރާތަކުގެ ކުރެންވެސް އެންގިން. ބުނި ރަނގަޅުވާނޭ ފަހުން” ރޯޗަލްގެ ދައްތަ ކިޔައިދިނެއެވެ.

އޯގަސްޓް މަހުގައި ހިނގި ހާދިސާއަށް ފަހު ރޯޗަލް އެއްވެސް ގޮތަކަށް ސްކޫލަށް ދާކަށް ބޭނުމެއް ނުވިއެވެ. ނަމަވަސް “ކިޔެވުމަކީ އެންމެ މުހިންމު ކަން ކަމުގައިވާތީ” ގަދަކަމުން ރޯޗަލް ސްކޫލަށް ފޮނުވައެވެ.

ރޯޗަލްގެ ދައްތަ ކިޔައިދިން ގޮތުގައި އޯގަސްޓް މަހުގެ ތެރޭގައި ހިނގައިދިޔަ ހާދިސާއަށް ރޯޗްލްގެ ދިރިއުޅުން އެއްކޮށް ބަދަލުވި ކަމަށެވެ. ސްކޫލުގެ މާޙަލުގައި ދިމާވި ކަމެއްގެ ސަބަބުން އޭނާގެ އުފާވެރި ދިރިއުޅުން ބިކަވީ ކަމަށެވެ.

އެންމެ ފަހުން ރޯޗަލްއަށް ކެތް ނުކުރެވިގެން އޭނާ ނިންމީ މިދުނިޔެއާ ވަކިވާށެވެ. ރޯޗަލްގެ ބައްޕައަށް އޭނާ ހޭނެތިފައި އޮއްވާ ފެނުނީ މީގެ 6 ދުވަސް ކުރިންނެވެ. ރޯޗަލް މިދުނިޔެއާ ވަކިވެގެން ދިޔައީ އިއްޔެއެވެ.

ބުލީ ކުރުމަކީ ވަރަށް ބޮޑު އަނިޔާއެކެވެ. އުމުރު ދުވަހު އެކަމުގެ ހިތި ކުއްޖާގެ ކިބައިގައި ހުންނާނެ ކަމެކެވެ. ބްލީ ކުރަމުންދާ ކަން އެނގޭނެމަ ނުވަތަ ބަޔަކު ބްލީ ކުރާނަމަ ކަމާބެހޭ އިދާރަތަކަށް އެންގުމަކީ ވަރަށް މުހިންމު ކަމެކެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ބޭންކް އޮފް ޗައިނާ އިން ލަންކާ އަށް 300 މިލިއަން ޑޮލަރު

ސުވާދީބު

ސައުދީ ސަރުކާރަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފޮރިން މިނިސްޓަރުގެ މަގާމު ދަށްކޮށްފި

ސުވާދީބު

ޕާކިސްތާނުގެ ބޮޑު ވަޒީރު ޤައުމާ މުޚާތަބު ކުރައްވަނީ

ސުވާދީބު
Share