web analytics
ޙަބަރު

ދެ ކޮމިޝަނަށް ބާރުދީފިނަމަ ކޯޓަށް ދާނަން: ރައީސް ޔާމީން

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

މަރުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނާއި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ގާނޫނީ ބާރު ދީފިނަމަ ކޯޓަށް ވަޑައިގަންނަވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ މިހާރު ޕީޕީއެމުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ދެ ކޮމިޝަން އުފައްދާ ކުރަމުން ގެންދަނީ ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކުން ކުރަމުން ގެންދާ މަސައްކަތްތައް ކަމުގައެވެ. އަދި އެހެން މުއައްސަސާއަކަށް ދީފައިވާ ބާރުތައް ހަނިވާގޮތަށް ދެކޮމިޝަނަށް ބާރުތައް ދިނުން ގާނޫނު އަސާސީއާއި ގާނޫނުތަކުން ތަންދޭކަމަށް ގަބޫލު ނުކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ދެ ކޮމިޝަނަށް ބާރު ދިނުމަށް ގާނޫނު ފާސްކޮށްފިނަމަ އެކަން ބަދަލުކުރުމަށް ކޯޓަށް ވަޑައިގަންނަވާނެކަމަށާއި ދެކޮމިޝަނަށް ބާރު ދިނުމަށް ކޯޓުން ނިންމައިފިނަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޓޫރިޒަމް ގަވައިދުތަކަށް އާންމުންގެ ހިޔާލު ހޯދަނީ

ސުވާދީބު

އެއްޖިންސުން ކައިވެނި ކުރި މީހުންގެ ދިފާއުގައި ވެލިދޫ ކައުންސިލް ނިކުމެއްޖެ

ސުވާދީބު

ރައްޔިތުންގެ މަޖިލިސް ގޮނޑިތަކުގެ މައްސަލާގައި ރައީސް ސޯލިހް ވަކި ޕާޓީތަކާއެކު މަޝްވަރާކުރައްވައިފި

ސުވާދީބު
Share