ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
މިދިޔަ ހޮނިހިރު ދުވަހު މާލެ އަތޮޅު ކަގި ފަރަށް އެރި ދޯނީގެ ކައްޕި މުހައްމަދު ޔޫސުފް، ގެއްލިގެން ހޯދަމުންދާއިރު ކައްޕި އަށް ވީ ގޮތާމެދު ގިނަ ސުވާލުތަކެއް އުފައްދައި ބައެއް މީހުން ވާހަކަ ދައްކަން ފަށައިފިއެވެ.
ގެއްލިގެން ހޯދަނީ އުމުރުން 37 އަހަރުގެ ދިވެހި މީހާ ކަމަށާއި އޭނާ އަކީ ދޯނީގެ ކައްޕި ކަމަށް ސިފައިން ބުނެއެވެ.
ނަމަވެސް މި ހާދިސާގައި އެސުވާލުތައް އުފެދިފައިވަނީ ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ފޮޓޯތަކަކާ ގުޅިގެންނެވެ.
އެސަރަހައްދުން ދިޔަ ލޯންޗަކުން ނެގި އެފޮޓޯއިން ފެންނަ ގޮތުގައި ފަރަށް އެރި އިރުވެސް ދޯނީގައި ތިން މީހަކު ފެންނަން ހުއްޓެވެ.
“ޓީޓީއެސް ފާން” ކިޔާ ދޯނި ދަތުރުކުރީ ތިން މީހުންނާ އެކުގައެވެ. އެއީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. ކައްޕި ގެއްލުނު ކަން އެ ދެ މީހުން ސިފައިންނަށް ހޯމަ ދުވަހު ހެނދުނެވެ. ނަމަވެސް އޭރު ވެސް ދޯނި ފަރަށް އެރިކަން އަންގާފައެއް ނުވެއެވެ.
އެމްއެމްއެންޑީއެފުން ބުނިގޮތުގައި ދޯނި ފަރަށް އަރާފައިވާކަން އެނގުނީ ކައްޕި ގެއްލިގެން ރިޕޯޓުކުރުމުން އެސަރަހައްދަށް ދިއުމުންނެވެ. އަދި ކައްޕި ގެންގުޅުނު ބޭގައި ފޯން ދޯނީގައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ފަރަށް އެރިއިރު ދޯނީގައި ކައްޕި ހުރި ނަމަ އޭނާއަށް ވީ ކިހިނެއް ހެއްޔެވެ؟
ކައްޕި ހޯދުމުގެ މަސައްކަތުގެ ތެރޭގައި އެ ސަރަހައްދުން ބޮކްސާ ވައްތަރުގެ ސޯޓަކާއި މާސްކެއް ޑައިވަރުންނަށް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ކައްޕި އަދިވެސް ފެނފައި ނުވައިރު އޭނާ ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މިހެންކަމުން ބެލެވެނީ ކައްޕި ކޮންމެވެސް ކަމެއްގައި މޫދަށް ފޭބި ކަމަށެވެ.
މިއަދުވެސް ސިފައިންނާއި ނޫސްވެރިން އަންނަނީ މިކަމާއި ގުޅިގެން ސުވާލުތަކެއް ކުރިމަތިކުރުވަމުންނެވެ. ނަމަވެސް މި ސުވާލުތަކުގެ ޖަވާބު ލިބޭނީ ސިފައިންނާއި ފުލުހުންގެ ތަހުގީގު ނިމުމުންނެވެ.
ސުވާލު ކުރުމުން ސިފައިން ބުނީ “މިއަދު ވެސް ސީޖީ ޑައިވަރުން ޑައިވް ކުރަމުންދާނެ ކަމަށާއި ސީޖީ ލޯންޖު ނޫރައްދީން ލޯންޗު ދަނީ ކަނޑުގެ ސާފޭސް ބަލަމުން އަންނަ” ކަމަށެވެ.
Facebook Comments