web analytics
ޕްރައިމަރީ

ތިން މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ގެއްލިގެން ހޯދަނީ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ގދ. ތިނަދޫ އިން ތިން މީހުންނާއެކު މާލެއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ގެއްލިގެން އެމްއެންޑީއެފް އިން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ “ފްރެޝް” ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އެ ދޯންޏަކީ މީގެ ތިން ދުވަސް ކުރިން މާލެ އައުމަށް ފުރި ދޯންޏެކެވެ.

އަދި އެ ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓު ލިބިފައިވަނީ މިއަދު 18:45 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، މި ދޯންޏާ އެންމެފަހުން ގުޅިފައިވަނީ މި މަހުގެ 16 ވީ ބުދަ ދުވަހު 19:11 ހާއިރު ގއ.ކޮލަމާފުށި ކައިރިން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އެ ދޯންޏަކީ ދިގުމިނުގައި 17 މީޓަރު ހުރި ބޭރުގައި ގަދަނޫ ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެކެވެ.

އެ ދޯންޏާ ބެހޭ މަޢުލޫމާތެއް ލިބޭތޯ ބައްލަވައި ދެއްވުމަށް އެމްއެންޑީއެފް އިން ވަރަށް ބޮޑަށް އެދެެއެވެ. އަދި ދޯންޏާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށްވެސް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރައީސް ވެސް ވިދާޅުވަނީ “ދުލެއް ނުކުރާނަން” ކަމަށް

ސުވާދީބު

ލަންކާގައި ގެތައް ބަލާ ފާސްކުރަނީ، ދިވެހިންނަށް ޓާގެޓްކޮށްގެން ނޫން – އެމްބަސީ

ސުވާދީބު

އުއްމީދީ ރިޔާސީ ބަޔާނެއް، ހާލަތު ރަނގަޅު ކުރަން ހައްލުތަކެއް

ސުވާދީބު
Share