web analytics
ދުނިޔެ

ތުރުކީގެ ހުށަހެޅުމަށް ސައުދީން އަނެއްކާވެސް ދެކޮޅު ހަދައިފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރިޔާޒް (ޑިސެމްބަރު 10) – ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުން ތުރުކީ އަށް ހަވާލު ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށް ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވެއްޖެ އެވެ.

މީގެ ހަފުތާއެއްހާ ދުވަސްކުރިން ވެސް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ނޫސްވެރިޔާގެ މަރުގެ ތުހުމަތު ކުރެވޭ ސައުދީ މީހުން ތުރުކީ އަށް ހަވާލު ކުރަން ގޮވާލައިފަ އެވެ. އަދި ތުރުކީގެ ކޯޓަކުން މިދިޔަ ބުދަ ދުވަހު ވަނީ ސައުދީ މީހުން ތުރުކީއާ ހަވާލު ކުރަން އަމުރު ވެސް ނެރެފަ އެވެ. އޭގެ ތެރޭގައި އިންޓަލިޖެންސްގެ ވެރިޔާ އަހުމަދު އަލް އާސިރީ އާއި ޝާހީ އާއިލާގެ މުޝީރު ސައުދު އަލް ގަހުތާނީ ހިމެނެ އެވެ.

ނޫސްވެރިޔާގެ މަރާ ގުޅިގެން ސައުދީން ވަނީ 11 މީހެއްގެ މައްޗަށް ދައުވާ ކޮށްފަ އެވެ.

“ކޯޓުގައި ބޭނުން ކުރެވޭނެ ހެކި ހުރިއްޔާ ހުށަހަޅަން ތުރުކީގައި ވާނީ އެދިފައި. އެކަމަކު ތުރުކީން އެއްވެސް އެދެވޭ ޖަވާބެއް އަދި ލިބިފައެއް ނުވޭ،” އަލް ޖުބައިރު ވިދާޅުވި އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އޮޅުވާލައިގެން އިންވެސްޓަރަކަށް ވެގެން އުޅޭ ސިންގަޕޯރ ރައްޔިތަކު ހޯދަނީ

ސުވާދީބު

އިންޑިއާގައި ބައްޕައަކާ އެކުވެރިޔަކު ވެގެން ދަރިފުޅު ރޭޕް ކޮށްލައިފި

ސުވާދީބު

ފަރުވާ ނުދެވި، ޔަމަނުގެ އެއްހަށިގަނޑުން ގުޅިފައިވާ ދެ ކުދިން މަރުވެއްޖެ

ސުވާދީބު
Share