ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ބ.ތުޅާދޫ ވިލުތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ވީޑު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މިއަދު މެންދުރު 12:00ހާއިރު، ތުޅާދޫ ވިލު ތެރޭގައި މަސް ބާނަން އުޅުނު ޑިންގީއަކުން ވީޑު ކަމަށް ބެލެވޭ ހަތަރު ޕެކެޓް ހޮވާފާވާކަމަށް އެ ފަރާތަށް މައުލޫމާތު ލިބުނު ކަމަށެވެ. އަދި އެ ތަކެތި ފުލުހުން ވަނީ އެ ފަރާތުގެ ބެލުމުގެ ދަށަށް ނަގާ، އެ ސަރަހައްދު ބެލުމުގެ މަސައްކަތްވެސް ފަށާފައެވެ.
ވީޑަކީ ދުނިޔޭގައި ހުރި މަސްތުވާތަކެތީގެ ތެރެއިން ބާރުގަދަ އެއް ވައްތަރެކެވެ. ނުރައްކާތެރި ބާވަތެއްކަމުގައިވާ ކެނަބިސް އުފެއްދުމަށްވެސް ވީޑު ގަަސް ބޭނުން ކުރާއިރު، މެރުއާނާވެސް މި ބާވަތަށް ކިޔާ އުޅެއެވެ.
މިއީ، ފަހުގެ ތާރީޚެއްގައި ރާއްޖެއިން މިހާ ގިނަ އަދަދަކަށް އެއްފަހަރާ ވީޑު އަތުލައިގަތް ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.
Facebook Comments