web analytics
ދުނިޔެ

ތުއްތު ކުއްޖަކު ދިރިއޮއްވާ ވަޅުލާފައި ވަނިކޮށް ސަލާމަތްކޮށްފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ދިރިހުއްޓާ ވަޅުލާފައި އޮތް ކުއްޖެއް އިންޑިޔާގައި ސަލާމަތްކޮށްފިއެވެ. ސަލަމާތްކޮށްފައިވަނީ އެންމެ 3 ހަފްތާގެ ކުއްޖެކެވެ. މިކަން ހިނގާފައިވަނީ އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގައެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކުއްޖާ ސަލާމަތްކޮށްފައިވަނީ ކުއްޖާ ރޯއަޑު އިވުމުންނެވެ. މިކުއްޖާ ސަލާމްތް ކުރި ދަރުމެންދާ ކުމާރު އިންޑީޔާގެ ނޫސްތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިކުއްޖާ ސަލާމަތް ކުރީ ރޯއަޑު އިވުމުން ކަމަށާއި ރޯއަޑު އިވުމުން އަވަހަށް އެސަރަހައްދު ކޮނުނު ކަމަށެވެ.

” ރޯ އަޑު އިވުނީ އެސަރަހައްދުން ދަނިކޮށް. ދެން ހޯދީ ކޮންތާކުންތޯ ރޯއަޑު އިވުނީ. ބިމުގެ އަޑިންކަން ޔަގީންވީމަ އަވަހަށް އެތަން ކޮނުނީ” އޭނާ ކިޔައިދިނެވެ.

ކުމާރު އިތުރަށް ބުނެފައިވަނީ މިއީ އިންސާނިއްޔަތުކަން ކުޑަ ޢަމަލެއް ކަމަށާއި މިގޮތަށް ކުއްޖަކު މަރާލުމަކީ އެއްވެސް ހާލަތެއްގައި ބަލައިިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިކުއްޖާ ވަޅުލާފައި އޮތްތަނުން ނެގި ވަގުތު އެސަރަހައްދަށް ގިނަ ބަޔަކު ޖަމާވި ކަމަށާއި އެސަރަހައްދުގައި އުޅޭ މީހުންގެ އެހީގައި އެކުއްޖާ ކައިރި ހޮސްޕިޓަލަކަށް ގެންދިޔަ ކަމަށްވެސް މިމީހާ ބުނެފައިވެއެވެ.

މިކުއްޖާގެ މައިންބަފައިން މިހާރު ދެނެގަނެވިފައިވާއިރު އެދެމީހުންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންފައެވެ. ފުލުހުންނަށް ދިން ބަޔާނުގައި މިދެމީހުން ބުނެފައިވަނީ މިކަން ކޮށްފައިވަނީ އޭނާގެ ތިމާގެ މީހެއްގެ އިރުޝާދުގެ މަތިން ކަމަށެވެ. އަދި މިގޮތަށް ކަންތައް ކުރީ އެކުއްޖާއާ “ޖިންނި” އާ ގުޅުމެއްވާތީ ކަމަށް ކަމަށްވެސް ބުނެފައިވެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އިންޑިއާގައި ގްރޭޑް 11ގައި ކިޔަވާ ދަރިވަރަކު ގޭންގްރޭޕް ކޮށްފި

ސުވާދީބު

ޚާޝުގްޖީ މަރާލީ ސައުދީ ސަރުކާރުން ދުރާލައި ރާވައިގެން: އދ

ސުވާދީބު

ފަލަސްތީނުން އެމެރިކާ އާއި ހުރިހާ ގުޅުމެއް ކަނޑާލައިފި

ސުވާދީބު
Share