ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ލަންކާގެ ހުސްވެފައިވާ ބޮޑުވަޒީރުގެ މަގާމަށް އެމަގާމު ކުރިންވެސް ފުރުއްވި ރަނިލް ވިކްރަމަސިންހް މިއަދު ރައީސް ސިރިސޭނާ ހަމަޖައްސަވައިފިއެވެ.
ދެބޭފުޅުންގެ ދެމެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު ސިރިސޭނާ ވަނީ އޮކްޓޫބަރު މަހުގެ ފަހުކޮޅު ރަނިލް އެ މަގާމުން ކުއްލި ގޮތަކަށް ވަކިކުރެއްވުމަށް ފަހު، ކުރީގެ ރައީސް މަހިންދަރާޖަޕަކްސަ އެ މަގާމަށް އައްޔަން ކުރައްވާފައެވެ.
ނަމަވެސް ރާޖަޕަކްސައަށް ތާއީދެއް ނުލިބުމުން އޭނާ ވަނީ އިއްޔެ އެމަގާމުން އިސްތިއުފާ ދެއްވާފައެވެ. ރަނިލް އަލުން ބޮޑުވަޒީރުކަމަށް ގެނައުމަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ވޯޓެއް އަހައި ފާސްކޮށްފައެވެ.
Facebook Comments