web analytics
ޙަބަރު

ލިޔެކިޔުންތައް ނުލިބިގެން އާދަމް ޝަރީފާ ސުވާލެއް ނުކުރެވުނު

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރައްޔިތުންގެ މަޖިލީހުން ލިބެން ޖެހޭ ލިޔެކިޔުންތަކެއް ނުލިބި ލަސްވުމުގެ ސަބަބުން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ހާޒިރު ކުރަން ބޭއްވި އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުން ރޭ ކެންސަލްކޮށްފި އެވެ. ކޮމިޓީ ކެންސަލް ކުރިއިރު، އާދަމް ޝަރީފް މަޖިލީހަށް ވެސް ވަޑައިގެންނެވި އެވެ.

ނަމަވެސް، ރޭގެ ބައްދަލުވުން އޮތީ މީޑިއާ އަށް ސިއްރުކޮށްފަ އެވެ.

ކޮމިޓީގެ މެމްބަރަކު “މިހާރު” އަށް މިއަދު ވިދާޅުވީ އާދަމް ޝަރީފާ ސުވާލުނުކޮށް ފަސް ކުރީ، މަޖިލީހުން ލިބެން ޖެހޭ ލިޔެކިޔުންތަކަކާއި މިނިސްޓްރީތަކަކުން ލިބެން ޖެހޭ ލިޔެކިޔުންތަކެއް ނުލިބިގެން ކަމަށެވެ. ލިޔެކިޔުންތައް ލިބުމާއެކު، އާދަމް ޝަރީފް އަލުން ކޮމިޓީ އަށް ހާޒިރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ އިމްތިޔާޒް ކޮމިޓީ އަށް ހުށަހެޅި މައްސަލަ އަށް ޖަވާބުދާރީވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށާއި އެ ދުވަހު ގާނޫނާ ހިލާފު ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެ ދުވަހުގެ ހާދިސާއާ ގުޅިގެން ޖަވާބު ނުދެވޭ ކަމެއް ނުހުންނާނެ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނުމަށް ވަޑައިގަތުމާއި ގުޅިގެން ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުން.—މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޭނާ ވިދާޅުވި ގޮތުގައި، އެ ދުވަހު ހިނގައިިދިޔަ ކަންކަމުގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެމްބަރުންތަކެއް ކޮމިޓީގައި ތިއްބަވައިގެން މައްސަލަ ބެއްލެވުމަކީ މަސްލަހަތު ފުށު އަރާ ކަމެކެވެ. އަސްކަރީ ގޮތުން އުސޫލާ ހިލާފަށް ކަމެއް ކޮށްފިނަމަ، އެކަމެއް ބަލަން ޖެހޭނީ ސިފައިންގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ އެ ދުވަހު މަޖިލީހުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރީ މަޖިލީހުގެ އިދާރާ އިން ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށެވެ. އެގޮތުން، އެ ސިޓީގައި މަޖިލީހުގެ ތެރޭގައި އާއި ބޭރުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު މަޖިލީހުގެ އިދާރާ އިން ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑުމެން ގާނޫނާ ހިލާފަށް ނުވަތަ އިންސާނީ ކަރާމާތަށް އުނި ކަމެއް އަންނަ އަމުރެއް ނުކުރަން. ސިފައިން އެ ދުވަހު ހިންގި ކަންކަމާ ގުޅިގެން މައްސަލައެއް ހުށަހަޅާފައި ނެތް. ހުށަހެޅި ނަމަ، އެކަން އަޅުގަނޑުމެން ބަލާނަން،” އާދަމް ޝަރީފް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިދިކޮޅު މެމްބަރުން ހުއްޓުވަން ސިފައިންނާއި ފުލުހުން ބޭނުންކުރަން ފެށީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ގެއްލުނު ހިސާބުންނެވެ.

އޭރު ޕީޕީއެމްގެ 12 މެމްބަރަކު، ރައްޔިތުންގެ މަޖިލިހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މަައްސަލާގައި ސޮއިކުރެއްވުމާ އެކު، ޔާމީންގެ ބާރުގެ ދަށުން މަޖިލިސް ގާތްގަނޑަކަށް އޮތީ ގޮސްފަ އެވެ. އެކަމަކު މަސީހުގެ މައްސަލަ އެޖެންޑާނުކޮށް ބޭރުކުރީ އެވެ. އިދިކޮޅު މެމްބަރުން ޖުލައި 24 ވަނަ ދުވަހު މަޖިލިހަށް ވަންނަން ދިޔައީ އެކަމާ ހިތްހަމަނުޖެހިގެނެވެ.

އެ މެމްބަރުންނަށް ސިފައިންނާއި ފުލުހުން ހުރަސްއެޅި އިރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ ހުސެއިން އަރީފެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަހުމަދު ޝިޔާމެވެ. ޑިފެންސް މިނިސްޓަރަކީ އާދަމް ޝަރީފެވެ.

ސަރުކާރު ކޯލިޝަންގެ އަޣުލަބިއްޔަތު އޮންނަ އިމްތިޔާޒް ކޮމިޓީ އަށް އިންތި ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އެ ދުވަހު މެމްބަރުން މަޖިލީހަށް ވަންނަވަން މަސައްކަތް ކުރެއްވުމުން އެސްއޯ ފުލުހުންނާއި ސިފައިން އެ މެމްބަރުންގެ ގަޔަށް އަތްލައި، މެމްބަރުންގެ ލޮލަށް ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށެވެ. އަދި މެމްބަރުން މަޖިލީހުގެ އިދާރާ އިން ބޭރުކޮށްލީ “ދަމައި ކޫއްތާފައި” ކަމަށް އެ މައްސަލައިގައިވެ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ވެރިކަން ރައްޔިތުންގެ ކިބައިގައި ދެމިއޮތުން ކަށަވަރު ކޮށްދޭނަން: އިބޫ

ސުވާދީބު

އިންޑިޔާގެ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ސުވާދީބު

ސިރޫ އާޓްސް ހިންގާ ސިރުހާން ފުލުހަށް ހާޒިރުކޮށްފި

ސުވާދީބު
Share