web analytics
ޙަބަރު

ލ. ލިންކްރޯޑްގައި އެކްސިޑެންޓްވެ މީހަކަށް އަނިޔާވެއްޖެ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ލ. ލިންކްރޯޑްގައި ސައިކަލަކާއި ވޭނެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން މެދު އުމުރުގެ މީހަކަށް އަނިޔާ ވެއްޖެ އެވެ.

 

މިއަދު މެންދުރު 12:00 ހާއިރު އެ އެކްސިޑެންޓް ހިނގީ ގިނަ އަދަދެއްގެ ކަނޑު މަސް އަޅާފައި ހުރި ވަށިގަނޑެއް ހިފައިގެން އެކަނި ސައިކަލެއްގައި ދިޔަ 56 އަހަރުގެ ދިވެހި ފިރިހެނަކު ދުއްވަން އިން ސައިކަލެއް ވޭނެއްގައި ޖެހިގެންނެވެ.

އެ އެކްސިޑެންޓްގައި 56 އަހަރު މީހާގެ ކޮނޑުހުޅު ބިންދައިގެންގޮސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި އޭނާ އަށް އަންނަނީ ފަރުވާ ދެމުންނެވެ.

ލ. އަތޮޅުގައި ހިނގި އެކްސިޑެންޓްގައި މަސް ވަށިގަނޑެއް ހިފައިގެން ސައިކަލެއްގައި ދިޔަ މީހަކު އެކްސިޑެންޓްވެ މަސްތަކާއި ސައިކަލް ވެއްޓިފައި– ފޮޓޯ: ސޯޝަލް މީޑިއާ

ލ. ކައްދޫ އެއާޕޯޓް ސަރަހައްދުގައި އެ އެކްސިޑެންޓް ހިނގިއިރު ސައިކަލުގައި އުފުލި ގިނަ އަދަދެއްގެ މަސްތައް ހުރީ މަގުމަތީގަ އެވެ.

އެ އެކްސިޑެންޓް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އިތުރު ތަފްސީލް އަދި ނުލިބެ އެވެ.

މިއަދު ހެނދުނު މާލޭގައި 17 އަހަރުގެ ކުއްޖަކު ދުއްވި ސައިކަލެއް ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެ އެ ކުއްޖާ ވަނީ މަރުވެފަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ދުނިޔޭން މަދުން ނޫނީ ނުފެންނަ ހުދު ކޯމަހެއް ރާއްޖޭން ފެނިއްޖެ ވީޑިއޯ ބައްލަވާލައްވާ

ސުވާދީބު

ޓެކްސީ އަގުތަކާއި މީޓަރު ހަރުކުރުމާ މެދު އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ސުވާދީބު

ދިވެހިން ނަމޫނާ ދައްކައިފި، ޔަމަން ފަންޑަށް 1.8 މިލިއަން ރުފިޔާ ލިބިއްޖެ

ސުވާދީބު
Share