web analytics
ް މުނިފޫހި ފިލުވުން

ގައުމީ ކެރަމް މުބާރާތުގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން ކުލަބު ޓީނޭޖް ހޯދައިފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

މިހާރު ކުރިއަށްދާ 29 ވަނަ ގައުމީ ކެރަމް މުބާރާތުގެ އަންހެން އަދި ފިރިހެން ޓީމް އިވެންޓުގެ ޗެމްޕިއަންކަން ކްލަބް ޓީނޭޖް ހޯދައިފިއެވެ.

ކެރަމް އެސޯސިއޭޝަންގެ ކެރަމް ހޯލުގައި ކުރިއަށްދިޔަ މި މުބާރާތުގެ އަންހެން ޓީމު އިވެންޓުގެ ފައިނަލުގައި ވާދަކުރީ ކުލަބް ޓީނޭޖާއި ހާފް ކޯޓް މޯލްޑިވްސް އެވެ. ޓީނޭޖުގެ އައިމިނަތު ވިދާދު ހާފް ކޯޓުގެ ރަޔާންގެ މައްޗަށް ކުރި ހޯދިއިރު، ޓީނޭޖުގެ އައިމިނަތު ވިޝާމާ ވަނީ ހާފް ކޯޓުގެ އައިމިނަތު ޝުބާ އަތުން ބަލިވެފައެވެ.

ނަމަވެސް އިވެންޓުގެ 3 ވަނަ މެޗުން ޓީނޭޖުގެ ނަހުފާ އަދި ލިވާ ވަނީ ހާފް ކޯޓުގެ ފާތުން އަދި ޖުމާނާ ސީދާ ދެ ސެޓުން ބަލިކޮށް، ފުރަތަމަ ފަހަރަށް ގައުމީ ކެރަމް މުބާރާތުގެ އަންހެން ޓީމް އިވެންޓުގެ ޗެމްޕިއަންކަން ކުލަބު ޓީނޭޖަށް ހޯދައިދީފައެވެ. މި އިވެންޓުން ތިން ވަނަ ހޯދާފައިވަނީ ކުލަބު ގްރީން ސްޓްރީޓްސް އެވެ.

ފިރިހެން ޓީމް އިވެންޓުގެ ފޯރިގަދަ ފައިނަލުގައި ކުލަބު ޓީނޭޖާ ވާދަކުރީ ރެޑް ލައިން ކްލަބް (އާރް.އެލް.ސީ) އެވެ. ޓީނޭޖުގެ އަލީ އާޒިމް އަދި އާދަމް އަދީލް ވަނީ އާރް.އެލް.ސީ ގެ އަހުމަދު ޖަލާލު އަދި އަލީ ހަސަންގެ މައްޗަށް ކުރި ހޯދާފައެވެ.

29 ވަނަ ގައުމީ ކެރަމް މުބާރާތުގެ ޓީމް އިވެންޓްގައި ވާދަކުރި ކްލަބް ޓީނޭޖް. –ފޮޓޯ: ވައިބާ

އަދި ޑަބަލްސް މެޗުން ޓީނޭޖުގެ މުޙައްމަދު އާމިރު އަދި އިބްރާޙީމް ހުޖާންގެ ޕެއަރ އިން ވަނީ އާރް.އެލް.ސީ ގެ ހަސަން ޝާމިން އަދި ހަސަން ލަތީފްގެ މައްޗަށް ކުރި ހޯދައި 3-0 ގެ ނަތީޖާ އަކުން ފައިނަލް ކާމިޔާބު ކޮށްފައެވެ.

މިއީ ގައުމީ ކެރަމް މުބާރާތުގެ ފިރިހެން ޓީމް އިވެންޓުގެ ޗެމްޕިއަންކަންވެސް ކުލަބު ޓީނޭޖުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މި އިވެންޓުގެ ތިންވަނަ މަގާމް ކުލަބު ގްރީން ސްޓްރީޓްސް އިން ހޯދީ ވިކްޓްރި ސްޕޯޓްސް ކުލަބާ ވާދަކޮށް 2-1 ގެ ނަތީޖާ އަކުންނެވެ.

މި މުބާރާތުގެ ސިންގަލްސް އިވެންޓުގެ އަންހެން އިވެންޓުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އައިމިނަތު ވިދާދު އާއި އައިމިނަތު ޝުބާ އެވެ. އަދި ފިރިހެން އިވެންޓުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އާދަމް އަދީލް އާއި އިސްމާއިލް އަޒްމީން އެވެ. ސިންގަލްސް އިވެންޓުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވާނީ ހުކުރު ދުވަހުގެ ރޭ ކެރަމް ހޯލުގައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ސަލްމާން އޭނާގެ އުފަންދުވަސް ހޭދަކުރަން ބޭނުންވަނީ އެކުވެރިންނާއި އާއިލާއާއެކު

ސުވާދީބު

ސުނިލް ޝެޓީގެ އަންހެން ދަރިފުޅުގެ ސިއްރު ލޯބި “އިންސްޓާ-އޮފިޝަލް” ކުރީ؟

ސުވާދީބު

ބަނޑުބޮޑު ކަމަށް ދެއްކި ވާހަކަ އަނުޝްކާ ދޮގުކޮށްފި

ސުވާދީބު
Share