ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހިމު ވަރުގެ ލަދު ހަޔާތްކުޑަ މީހެއް ނުދެކޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
“ޑީޕީ” އަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަންވެސް ކުރެއްވި ޖާބިރު ވިދާޅުވީ ގާސިމުފަދަ ލަދުހަޔާތް ކުޑަކޮށް ރައްޔިތުންގެ މަޖިލީސް ހިންގި މީހަކު ނުދެކޭކަމަށެވެ.
“މަޖިލީހުގެ މެންބަރުން ތާށިކަމުގައި ތިއްބަވަނިކޮށް ރައްޔިތުންގެ މަޖިލީހަށް އައިގޮތަށް އައިއްސަ ގާސިމު ކަންތަށް ކުރައްވަނީ އޭނާގެ އަމިއްލަ އެދުން ފުދޭގޮތަށް” ޖާބިރު ވިދާޅުވިއެވެ.
ކާށިދޫ ދާއިރާގެ މެންބަރުންކަން ވެސް ކުރެއްވި ޖާބިރު އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުން މިހާރު ތަހުޒީބު ވެއްޖެ ކަމަށާއި އެކަން ގާސިމަށް އެގިވަޑައިގަންނަވަން ޖެހޭނެކަމަށެވެ.
“މިއީ 21 ވަނަ ޤަރުނުކަން ގާސިމަށް ރަގަޅަށް އެގިވަޑައިގަންނަވާނެ, ގާސިމުގެ އަމަލުތަށް އޭނާ އަމިއްލައަށް އޮޑިޓް ކުރަން ޖެހޭނެ, ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް މަނިފާނު ކުފޫހަމަނުވޭ, މަނިކުފާނު ތި މަގާމުގައި ބަހައްޓައިގެން ރައްޔިތުންނަށް ދެން ކެތެއްނުވާނެ” ޖާބިރު ވިދާޅުވިއެވެ.
ގާސިމައަކީ އަމިއްލަ އަންބޮޑި ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ގަނެގެން އަރާއިން މީހެއްކަމަށް ތުހުމަތުކޮށް ޖާބިރު ވިދާޅުވީ، އޭނާއަށް ރަގަޅީ ގާސިމު ބޮޑުތަނުން މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދިނުންކަމަށެވެ.
ގާސިމްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޖާބިރު ވާހަކަ ފުޅުދައްކަވާފައިވާއިރު، ގާސިމަކީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރު ގެންނަން ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި، މި ސަރުކާރުގެ ކޯލިޝަންގެ ލީޑަރެކެވެ. އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ވެސް ދަނީ ފާޅުގައި ގާސިމަށް ނިސްބަތްކޮށް ފާޑުކިޔަމުންކަން ފާހަގަކޮއްލެވެއެވެ.
Facebook Comments