ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ރޭޕުގެ މައްސަލަތައް އިންތިހާއަށް ހައްދުން ނެއްޓިފައިވާ އިންޑިޔާ އިން އަނެއްކާވެސް ރޭޕުގެ ބޮޑު މައްސަލައެއް ފެންމަތިވެއްޖެއެވެ. އެޤައުމުން އެންމެ ފަހުން އިވިފައިވަނީ އުމުރުން އެންމެ 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕުކޮށްލާފައިވާކަމުގެ ޚަބަރެވެ.
“އިންޑިޔާ ޓައިމްސް” ނޫހުން ބުނެފައިވާ ގޮތުގައި ގޭންގަކުން ރަހީނުކޮށް، ރޭޕުކޮށްފައިވަނީ އިންޖިނޭރިންގ ދާއިރާ އިން މަތީ ތައުލީމު ހާސިލު ކުރަމުން ދިޔަ ކުއްޖެކެވެ.
އެނޫހުން އިތުރަށް ބުނެފައިވާ ގޮތުގައި އެމައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އެންމެ ދެ މީހުންނެވެ. އެއީ، އުމުރުން 23 އަހަރުގެ ރާހުލް ނިޝާދު ނަމަކަށް ކިޔާ މީހަކާއި އުމުރުން 19 އަހަރުގެ ކަނަހައިޔާ ލާލް ނަމަކަށް ކިޔާ މީހެކެވެ. ރާހުލް އަކީ ތަރުކާރީ ވިއްކުމުގެ މަސައްކަތް ކުރާ މީހެއްކަމަށްވާއިރު ކަނަހައިޔާ އަކީ ހިކި ކިރު އުފައްދާ ކާރުޚާނާއެއްގައި މަސައްކަތް ކުރާ މީހެކެވެ.
ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި މިކަމުގައި ބައިވެރިވެފައިވާ އިތުރު ދެ މީހަކުވެސް ވަނީ ފާހަގަކުރެވިފައެވެ. އަދި އެމީހުން ހޯދުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަކަމަށްވެސް ބުނެފައިވެއެވެ.
ނޫސްތަކުން ބުނެފައިވާ ގޮތުގައި މި އަންހެން ކުއްޖާ ރަހީނުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު، ކޯޗިންގ ސެންޓަރަކަށް ދިޔަ މަގުމަތީގައެވެ.
އާއިލާ އިން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވާ ގޮތުން، ކުއްޖާ ހުއްޓުވާފައިވަނީ ހައިވޭ އެއްގެ މަތިންނެވެ. އެތަނުން ދެ މީހަކު ކުއްޖާ ގަދަކަމުން އެކަހެރި ތަނަކަށް ގެންގޮސްފައިވާކަމަށާއި އެތަނުގައި އިތުރު ދެ މީހަކު ތިބިކަމަށް ބުނެފައިވެއެވެ. އަދި، ކުއްޖާ ރޭޕު ކުރުމުގައި ބައިވެރިވީ ޖުމުލަ ހަތަރު މީހުންކަމަށްވެސް ބުނެފައިވެއެވެ.
މިކަންކަމުގެ ސަބަބުން ކުއްޖާ ހޭނެތިފައި އޮއްވާ ފެނުނުއިރު، އެކުއްޖާ ގެއަށް ގެންދިޔައީ އެތަނުން ދިޔަ އެހެން މީހެކެވެ.
Facebook Comments