web analytics
ޙަބަރު

ގޭގައި ކަރަންޓު އުފައްދުމަށް ފަހު ސަރުކާރަށް ވިއްކޭ ގޮތް ހަދަން ޖެހޭ – ނަޝީދު

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ގޭގައި ކަރަންޓު އުފައްދުމަށް ފަހު ސަރުކާރަށް ވިއްކޭ ގޮތަށް ގާނޫން ބަދަލު ކުރަން ޖެހޭ ކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ރޭ އެމްޑީޕީ ޕްރައިމަރީގައި ގއ. ވިލިނގިލި ދާއިރާއަށް ކުރިމަތިލައްވާ ކުރީގެ އެޓާނީ ޖެނަރަލް ދިޔާނާ ސައީދުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުނެވެ

ނަޝީދު ވިދާޅުވީ އާންމު ގޮތެއްގައި އުފައްދަމުން އަންނަ ޑީސަލް ކަރަންޓުގެ ބަދަލުގައި މިހާރު ބޭނުން ކުރަންވީ އަވިން ހަކަތަ އުފައްދައިގެން ކަމަށާއި އެރުން އެތައް ގުނައަކުން އަގު ކުޑަ ކުރެވިދާނެ ކަމަށެވެ.

“އަމިއްލަ ގޭގައި ކަރަންޓު އުފައްދާފައި ސަރުކާރަށް ކަރަންޓު ވިއްކެން އެބައޮތް، އެ މަސައްކަތް ކުރަން ބޭނުންވާ އެތައް ކުންފުންޏެއް ދުނިޔޭގައި އެބަވޭ، ރާޢްޖެއަށް އެ މީހުން ނާންނަންވީ އެއް ގޮތެއް ވެސް ނުހެދޭނެ، ހަމައެކަނި ބަދަލު ކުރަންވީ ގާނޫނީ އޮނިގަނޑު،” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މި ބަދަލު ގެނެވޭނީ ޕަވާ ޕާޗަސިން އެގްރީމަންޓު ހެދޭ ގޮތަށް ރާއްޖޭގެ ގާނޫނުތައް ބަދަލުކޮށްގެން ކަމަށާއި ކަރަންޓު އަމިއްލައަށް އުފައްދާ ކަރަންޓު ސަރުކާރަށް ވިއްކުމުގެ އެގްރީމަންޓު އޮނިގަނޑަށް ތައާރަފް ކުރަން ޖެހޭ އަދި އެކަމަށް ޝައުގުވެރިވާ އެތައް ބަޔަކު ތިބި ކަމަށެވެ.

“ރައްޔިތުންގެ އާންމު ހާލަތު ބަދަލު ކުރުމުގެ އެންމެ ބޮޑު ރޯލު އަދާ ކުރަން ޖެހޭ ތަނަކީ ރައްޔިތުންގެ މަޖިލިސް , މިހާރު ހުރި މިންވަރަށް ވުރެ ވެސް ބޮޑަށް ކަރަންޓުގެ އަގު ހެޔޮ ކުރެވޭނެ ގޮތްތައް ހުންނާނެ ” ނަޝީދު ވިދާޅުވިއެވެ

ކަރަންޓުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދުގެ ދަށުން މިހާރު ވެސް ވަނީ ޑީސަލް އިން ނަގާ ޑިއުޓީ ކަނޑާލަން މަޖިލީހުން ފާސްކޮށްފަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރިޔާސީ ކޮމިޝަނަށް ބާރު ދޭ ބިލު ގާނޫނާ ހިލާފް – ހަލީލް

ސުވާދީބު

ފޭރިގަތް ލެޕްޓޮޕް ދަބަސް ތެރޭގައި، އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ޗެކަކާއި، މުހިންމު ޑޮކިއުމެންޓްތަކެއް

ސުވާދީބު

އައްޑޫގައި ދުވަސްވީ މީހަކަށް ހަމަލާދީ ކުޅު ޖެހުމުން އެތައް ފާޑުކިއުމެއް

ސުވާދީބު
Share