web analytics
ދީން

ސަރުކާރު ހިފެހެއްޓޭނީ އެންމެން ގުޅިގެން: ޝައިޚު ޒައިދު

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙްގެ ސަރުކާރު ހިފެހެއްޓޭނީ އެންމެން ގުޅިގެން ކަަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިހް ޒައިދު މިއަދު ކުރެއްވި ޓްވީޓެއް ގައި ވިދާޅުވެފައި ވަނީ، އެއްވެސް ބަޔަކު އަމިއްލަ އެދުން އިސް ނުކުރުމަށާއި އަދި އެންމެން ވެސް ގުޅިގެން ޖަމާއަތުގެ ތެރޭގައި ތިބުމަކީ އެންމެނަށްވެސް އެންމެ މަސްލަހަތު ބޮޑު ގޮތްކަމަށް ވިދާޅުވެފައެވެ.

Ali Zaid@alizaid1000

Ehves Bayaku amilla edhun isnukurumah govaalan! Enmen ves gulhigen jamaa’athuge therey thibumee enmennah ves enme maslahathu bodu goi! sarukaaru hifehetteynee enmen gulhigen!

17 people are talking about this

ޝައިހް ޒައިދު މިހެން ވިދާޅުވިއިރު ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ދެމެދު ވަނީ ބޮޑެތި ހިޔާލުތަފާތުވުންތައް އުފެދިފައެވެ. އެގޮތުން ރޭ ޖޭޕީން ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ނުސީދާ ގޮތެއްގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާއެއް ދެއްވާފައެވެ.

އެގޮތުން އެމްޑީޕީގެ ކެމްޕެއިން އިވެންޓުތަކުގައި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބެން “މަޖުބޫރު” ކަމަށް ދޭހަވާ މޭރުމުން ނަޝީދު ދައްކަވާ ވާހަކަފުޅާއި މެދު ގާސިމް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

“ރައްޔިތުންނަށް އޮޅުވާލަން، ވަކި ޕާޓީއަކަށް މެޖޯރިޓީ ނުލިބުނިއްޔާ، އާދެ އެމްޑީޕީއަށް މެޖޯރިޓީ ނުލިބުނިއްޔާ މިސަރުކާރެއް ނޯންނާނެއޭ. އެވެނި ކަމެއް ނުކުރެވޭނެއޭ، މިވެނި ކަމެއް ނުކުރެވޭނެއޭ. މި ދައްކަނީ ކޮން ވާހަކައެއްތޯ؟” ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގޮނޑިތައް ބެހުމުގެ މައްސަލައިގައި ވެސް ކޯލިޝަނުގެ ތެރޭގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އެގޮތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ ކޯލިޝަނާއި ވަކިން 87 ދާއިރާގެ ތެރެއިން 86 ދާއިރާއަށް ވާދަކުރަން ނިންމާފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރަމަޟާން މަހުގެ އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވޭ – ލޭބަރ ރިލޭޝަން

ސުވާދީބު

އިސްލާމްދީނުގައި ހުރިހާ ކަމެއްގައި އަންހެނުންނާ ފިރިހެނުން ހަމަހަމަވެގެން ނުވޭ

ސުވާދީބު

ހިޖާބް އެޅޭނެ، މަނަލީ ބުރުގާ އާއި ނިގާބް: ލަންކާ

ސުވާދީބު
Share