ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ބޮލީވުޑުގެ މަޝްހޫރު ބަތަލު ސައިފް އަލީ ހާނުގެ ދޮށީ އަންހެން ދަރިފުޅު ސާރާ އަލީ ހާން ބޮލީވުޑަށް ތައާރަފުވީ މިމަހުގެ ކުރީކޮޅު ނެރުނު ފިލްމު “ކެދާނަތު” އިންނެވެ. އެ ފިލްމު ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު ސާރާ ލީޑުން ފެނިގެންދާ ދެ ވަނަ ފިލްމު “ސިމްބާ” ނެރޭނެ ދުވަހަކަށް ގިނަ ބަޔަކު މިހާރު ތިބީ ކެތްމަދުވެފައެވެ. dhi2
އަންނަ ހުކުރު ދުވަހު ފިލްމު ނެރޭއިރު އެ ފިލްމުގެ ލަވައެއް ކަމަށްވާ “އާންކް މާރޭ” ވަނީ މިމަހު ނެރެފައެވެ. އެ ލަވަ ވެސް ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު ރަންވީރު ސިންގާއި ސާރާގެ ޖޯޑަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. ފިލްމުގެ ޕްރޮމޯޝަން ވަރަށް ބާރަށް ކުރިއަށްދާއިރު ޑައިރެކްޓަރު ރޯހިތު ޝެޓީ މިވަނީ ލަވައިގެ ޝޫޓިން ތެރޭގެ ބައެއް ވާހަކަތައް ހިއްސާކޮށްފައެވެ.
ރޯހިތާއި ހަވާލާދީ ހަބަރުތައް ބުނާ ގޮތުގައި، ސާރާއަށް އެއް ލޯ މަރާކަށް ނޭނގެއެވެ. އެކަމަކު، އެކަން ބެލުންތެރިންނަށް ނޭނގުމަށްޓަަކައި ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ރޯހިތު ބުނެއެވެ. އެގޮތުން ލަވައިގައި ސާރާ އެއް ލޯ މަރާލާ މަންޒަރު އެންމެ ފުރިހަމައަށް ގެނެސްދިނުމަށް އެތައް ފަހަރަކު ޝޮޓު ނަގަން ޖެހުން ކަމަށާއި އެންމެ ފުރިހަމަ ޝޮޓު ނެގަން ކެމެރާގެ އޭންގަލް އެތައް ފަހަރަކު ބަދަލުކުރަން ޖެހުނު ކަމަށް އޭނާ ބުނެއެވެ.
މިއަހަރު އަލަށް ބޮލީވުޑަށް ތަރާފުވި ތަރިންގެ ތެރެއިން އެންމެ ބޮޑަށް މަގުބޫލުވެފައި ވަނީ ސާރާއެވެ. ހަބަރުތައް ބުނާ ގޮތުގައި ސާރާއަށް މިހާރު ވަނީ އެހެން ހުށަހެޅުމަށް ވެސް ލިބިފައެވެ. އެއީ ކާތިކް އަރްޔާނާއެކު ފިލްމެއްގައި މަސައްކަތް ކުރުމެވެ. އެގޮތުން އޭނާ އެ ފިލްމު ކުޅެން އެއްބަސްވެފައިވާ ކަމަށް ހަބަރުތައް ބުނަމުން އަންނައިރު އެކަން ރަސްމީކޮށް އެމީހުން އަދި އިއުލާނެއް ނުކުރެއެވެ.
ސިމްބާއަކީ ތެލޫގޫ ފިލްމީ ދާއިރާގައި ބޮޑު ކާމިޔާބެއް ހޯދި، “ޓެމްޕާ” ގެ ރިމޭކެކެވެ. އެގޮތުން ތަމަޅަ ފިލްމީ ދާއިރާގައި ވިދަމުން އަންނަ ދެ ތަރިން ކަމަށްވާ އެންޓީ ރާމާ ރޯއީ ޖޭއާރް އާއި ކާޖަލް އަގަރަވާލް ތެލޫގޫ ފިލްމުން ފެނުނުއިރު ހިންދޫ ރިމޭކުގައި އެމީހުންގެ ރޯލުން ފެންނާނީ ރަންވީރާއި ސާރާއެވެ. އެ ފިލްމު ޕްރޮޑިއުސް ކުރަނީ ކަރަން ޖޯހަރެވެ.
Facebook Comments