ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ވިކްޓޯރިއާސް ސީކްރެޓްގެ މަޝްހޫރު މޮޑެލް ސާރާ ސެމްޕީއޯ އާއި މަޝްހޫރު މޮޑެލް އަދި އެކްޓަރެސް ލޮރިނާ ރާއޭ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ސާރާ އޭނާގެ ލޯބިވެރިޔާ އޮލިވައާ އާއެކު ރާއްޖެ އައިސްފައިވާއިރު އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ނ. ރަންދެލި ރިސޯޓުގަ އެވެ. ލޮރިނާ ވެސް ޗުއްޓީ ހޭދަކުރަމުންދަނީ ހަމަ އެރިސޯޓުގައެވެ. އަދި އޭނާ ރާއްޖެ އައިސްފައިވަނީ އެކަނި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އުމުރުން 27 އަހަރުގެ ސާރާ އާއި 24 އަހަރުގެ ލޮރިނާ އޮފިޝަލް އިންސްޓަގްރާމު މެދުވެރިކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ގޮތް ސަޕޯޓަރުންނަށް އަންނަނީ ހިއްސާކުރަމުންނެވެ. އަދި ދެމީހުން އެކުގައި ވެސް ފޮޓޯތައް ނަގާފައެވެ.
އާހަރު ފާހަގަ ކުރުމަށް ގިނަ ފަންނާނުން ރާއްޖެ އައިސްފައިވާއިރު ބޮލީވުޑު އަދި ހޮލީވުޑު ފަންނާނުންގެ އިތުރުން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން ވެސް ވަނީ ރާއްޖެއަށް އައިސްފައެވެ.
Facebook Comments