web analytics
ކުޅިވަރު

ސިޓީ އަށް ވުރެ ލިވަޕޫލް އާއި ޓޮޓެންހަމް މިވަގުތު މޮޅު: ގާޑިޔޯލާ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

މެންޗެސްޓަރ ސިޓީ އަށް ވުރެ ލިވަޕޫލް އާއި ޓޮޓެންހަމް މިވަގުތު މޮޅު ކަމަށް، ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

ޕްރިމިއާ ލީގުގައި އެންމެފަހުން ކުޅުނު ދެ މެޗުން ވެސް ސިޓީ ބަލިވެފައިވާއިރު، އެޓީމު މިހާރު ވަނީ ލީގުގެ ތިންވަނަ އަށް ވެއްޓިފައެވެ. ލީގުގެ ތިންވަނައިގައި ސިޓީ އޮތީ 44 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 45 ޕޮއިންޓާ އެކު ޓޮޓެންހަމް އޮތްއިރު އެއްވަނައިގައި 51 ޕޮއިންޓާ އެކު އޮތީ ލިވަޕޫލްއެވެ.

ސިޓީ އަކީ އެންމެފަހުގެ ލީގު ޗެމްޕިއަނުން ކަމަށްވާއިރު ގާޑިޔޯލާ ބުނީ ސިޓީ އަށް ވުރެ ލިވަޕޫލް އާއި ޓޮޓެންހަމް މިވަގުތު މޮޅު ކަމަށާއި އެކަން ބަލައިގަންނަންޖެހޭ ކަމަށެވެ. އަދި ސިޓީ މިވަގުތު އޮތް ހިސާބާއި ލިވަޕޫލް އާއި ޓޮޓެންހަމް ހޯދަމުންދާ ކުރިއެރުންތައް ވެސް ބަލައިގަންނަންޖެހޭ ކަމަށްވެސް ގާޑިޔޯލާ ބުންޏެވެ.

“މީހުންގެ ޝައްކުތަކެއް އަހަރުމެންނާއި މެދު މިހާރު ހުންނާނެ. މޮޅުވުމަށް މިހާރު މިކުރާ މަސައްކަތް ބަދަލުކޮށް ރަނގަޅު ކުޅުމެއް ދައްކަން އަހަރުމެން މިހާރު މަސައްކަތް ކުރަންޖެހޭ. މި ޓީމުގައި ތިބި ކުޅުންތެރިންނާއި އަދި މިއީ ކިހާ ފެންވަރެއްގެ ޓީމެއްކަން އަހަރެން ހަނދާނެއް ނުނެތޭ. އަހަރުމެން ލީގަށް ހަގީގަތުގައި ވެސް ވާދަކުރަން ބޭނުންވާނަމަ އަލުން އަނެއްކާވެސް މެޗުތަކުން މޮޅުވާންޖެހޭ” ގާޑިޔޯލާ ބުންޏެވެ.

މިދިޔަ ސީޒަނުގައި ލީގުގެ އެއްވަނައިގައި ސިޓީން ބޮޑު ލީޑެއް ނެގި ކަމަށާއި ނަމަވެސް މިފަހަރު ލިވަޕޫލް އާއި ޓޮޓެންހަމް ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުންދާ ކަމަށް ގާޑިޔޯލާ ބުންޏެވެ. އަދި ލިވަޕޫލް އާއި ޓޮޓެންހަމް ލީގުގެ އެ މަގާމުތަކުގައި ތިބުން ހައްގު ކަމަށްވެސް އޭނާ ބުންޏެވެ.

“ފުޓްބޯޅަ އަކީ ލަފާކުރަން އުނދަގޫ އެއްޗެއް. ބައެއް މީހުން ބުނޭ މިދިޔަ ސީޒަނުގައި އަހަރުމެން ކުރީ ވަރަށް ފަސޭހަ ކަމެކޭ. އެކަމަކު އެއީ ވަރަށް އުނދަގޫ ކަމެއް” ސްޕެއިން އަށް އުފަން ކޯޗު ބުންޏެވެ.

ލީގުގައި މެންޗެސްޓަރ ސިޓީން އަންނަ އާދީއްތަ ދުވަހު ނިކުންނާނީ ސައުތްހެމްޓަންއާ ދެކޮޅަށެވެ. އަދި އެއަށްފަހު ދެން ސިޓީ ނިކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ފުޓުބޯޅަ ތަރި އޮބި މިކެލް އާއިލާއެކު ދިވެހިރާއްޖޭގައި

ސުވާދީބު

ދަންޖެހުނު ދިވެއްސަކު ސީރިއަސް ހާލަތުގައި

ސުވާދީބު

މަހްލޫފާއި އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން އަންގައިފި

ސުވާދީބު
Share