ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ސީ ސްޕޯޓްސްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.
ސީ ސްޕޯޓްސްގެ ތިންވަނަ ފިހާރަ ހުޅުވާފައި ވަނީ ހުޅުމާލޭގެ ނިރޮޅު މަގުގަ އެވެ.
ސީ ސްޕޯޓްސް އިން ބުނީ، ހުޅުމާލޭގައި ފިހާރައެއް ހުޅުވީ ކަސްޓަމަރުންގެ ޑިމާންޑު ބޮޑުވުމާ ގުޅިގެން ކަމަށެވެ.

ސީގަލް ގްރޫޕަށް ނިސްބަތްވާ ސީ ސްޕޯޓްސްގެ އާ ފިހާރަ އިން މަޝްހޫރު ބްރޭންޑްގެ އުފެއްދުންތައް ލިބެން ހުންނާނެ އެވެ. އެގޮތުން، ރީފް ބްރޭންޑާއި ވޮލްކޮމްގެ ފައިވާނާއި އިތުރު އުފެއްދުންތައް ލިބޭނެ އެވެ. އަދި މޫދަށް އެރުމަށް ބޭނުން ކުރާ ހައުޓްފިޓްތަކާއި އެހެން ސާމާނު ވެސް ލިބެން ހުންނާނެ އެވެ. ހުރިހާ އުމުރަކަށް ހާއްސަ ބެކްޕެކް ވެސް އެ ފިހާރަ އިން ލިބެން އެބަހުއްޓެވެ.
ސީ ސްޕޯޓްސް ފިހާރަ ހުޅުވާފައި ހުންނާނީ ހަވީރު 04:00 އިން ރޭގަނޑު 10:00 އަށެވެ.
Facebook Comments