web analytics
ޙަބަރު

ސުނާމީ އަރާ ބަޔަކު މަރުވެގެން ދިޔައީ މިއުޒިކް ކުޅެ، އުފަލާއި މަޖަލުގައި ތިއްބާ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އިންޑޮނޭޝިއާ ކައިރީގައި އުފެދުނު ސުނާމީއެއް އެގައުމުގެ ޖާޔާގެ އައްސޭރި ފަށުގައި ކުރިއަށް ދިޔަ މިއުޒިކު ޝޯއެއްގެ ތެރެއަށް އަރާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި 100 އަށް ވުރެން ގިނަ މީހުންނާއިއެކު ކުރިއަށް ދިޔަ މިއުޒިކް ޝޯވ އެއްގެ ތެރެއަށް ސްޓޭޖް ފުރަގަހުން ސުނާމީގެ ބިޔަ ރާޅު އަރައެވެ. އަދި އެތަށް ބަޔަކު ސުނާމީގެ ރާޅާއެކު ގެންދާ މަންޒަރު ފެނެއެވެ.

ޝޯވ ބޭއްވި މިއުޒިކް ބޭންޑުން ބުނީ ސުނާމީގައި އެބޭންޑްގެ މެނޭޖަރާއި ބޭސިސްޓް މަރުވެފައިވާ ކަމަށެވެ. އަދި ބޭންޑްގެ އިތުރު ހަތް މީހަކު ގެއްލިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި މި މިއުޒިކު ޝޯވ އަކީ ކްރިސްމަސް ފާހަގަ ކުރަން ޖަޔާ ސިޓީގެ ސަރުކާރުގެ އިސް މުވައްޒަފުން އިސްނަގައިގެން ބޭއްވި ޝޯވ އެކެވެ.

އިންޑޮނޭޝިއާގެ އެތަށް ހާސް އަހަރުވީ އަލިފާން ފަރުބަދަ “އަނަކް ކަރަަކަޓޯ” ގޮވުމާއި އެކު އަލިފާން ފަރުބަދަ ހިމެނޭ ސަރަހައްދުގެ ކަނޑުގެ އަޑިން ބިންގަނޑު ކަޑައިގެން ގޮސް އުފެދުނު ސުނާމީއެއް އެގައުމުގެ ތިން ސިޓީއަކަށް އަރާ މަދުވެގެން 62 މީހުން މަރުވެ 582 މީހުން ވަނީ ޒަހަމް ވެފައެވެ.

ސުނާމީގެ ސަބަބުން އެތަށް ބަޔަކު ގެއްލިފައިވާ އިރު މަރުވި މީހުންގެ އަދަދު އަދިވެސް އިތުރު ވާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓް ތަށް ބުނެއެވެ. ސުނާމީ އަރާފައި ވަނީ ޕެންޑެގްރަންގް، ސެރަންގް އަދި ދެކުނު ލަމްޕަންގް އަށެވެ.

މިއަދު އިންޑޮނޭޝިޔާ އަށް އެރި ސުނާމީގައި އެތަށް ބައެއްގެ ގެދޮރު ސުންނާފަތިވިއިރު ހާލުގައި ޖެހުނު ފަރާތް ތަކަށް ދަނީ ރައްކާތެރިކަން ފޯރުކޮއްދެމުންނެވެ.

2004 ވަނަ އަހަރު މި ސަރަހައްދު ހިމެނޭ އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމާއި އެކު އުފެދުނު ސުނާމީ އަކީ ފަހުގެ ތާރީހެއްގައި ދުނިޔެ ދުއް އެންމެ ބާރުގަދަ ސުނާމީއެވެ

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އޭސީސީ ރިޕޯޓް ރައީސަށް ކުރިއަކުން ނުލިބޭ: ތަރުޖަމާން

ސުވާދީބު

ޕީއެސްއެމް ޗެއާމަނަކަށް ހިލްމީ، ބޯޑް މެމްބަރަކަށް މަރިޔަމް ވަހީދާ

ސުވާދީބު

އިބުރާ މަރަން ގޮވާލުމަށް ލަޔާލް މީހުން ފޮނުވި ކަމަށް ތުހުމަތުކޮށްފި

ސުވާދީބު
Share