web analytics
ް މުނިފޫހި ފިލުވުން

ސުނިލް ޝެޓީގެ އަންހެން ދަރިފުޅުގެ ސިއްރު ލޯބި “އިންސްޓާ-އޮފިޝަލް” ކުރީ؟

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ބޮލީވުޑްގެ މަޝްހޫރު ތަރި، ސުނިލް ޝެޓީގެ އަންހެން ދަރިފުޅު، އާތިޔާ ޝެޓީ، އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިޔާ، ކަންނޫރު ލޮކޭޝް ރާހުލް އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް އެދެމީހުން “ޑޭޓަކަށް” ގޮސް ތިއްބައި ނަގާފައިވާ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

އުމުރުން 27 އަހަރުގެ އާތިޔާ ޝެޓީ އާއި، 27 އަހަރުގެ ރާހުލް އެކީގައި ކެފޭއެއްގެ ތެރޭގައި ތިއްބައި، އެތަނުގެ ބޭރުން ނަގާފައިވާ އެ ފޮޓޯ މީސްމީޑިއާގައި އާންމުކޮށްފައި ވަނީ ރާހުލް އަމިއްލައަށެވެ. އޭނާގެ އިންސްޓަގްރާމުން މި ފޮޓޯ އާންމު ކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަން ފޮޓޯއަށް ވަނީ ހުއްޓިފައެވެ. ފޮޓޯގައި ފެންނަނީ “ކަތި ނަޒަރަކުން” ރާހުލް، އާތިޔާ އާއި ދިމާލަށް ބަލަން ހުންނަ މަންޒަރެވެ.

އާތިޔާގެ އުފަން ދުވަހު ރާހުލް އާންމުކޮށްފައިވާ މިފޮޓޯގައި އޭނާ ވަނީ އާތިޔާއަށް އުފާވެރި އުފަން ދުވަހަކަށް އެދޭކަމަށް ލިޔެފައެވެ. ރާހުލް މި ފޮޓޯ އާންމު ކުރިފަހުން އާތިޔާވެސް ވަނީ ފޮޓޯއަށް ރިޕްލައިކޮށްފައެވެ. އެ ރިޕްލައިގައި ވަކި އެއްޗެއް އޭނާ ނުބުނި ނަމަވެސް، ހިތްތަކުގެ އިމޯޖީ އަކާއި އެކު ރާހުލްގެ އިންސްޓާ އައިޑީ ޓެގުކޮށްފައި އިނެވެ.

އާތިޔާ އާއި ރާހުލް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނާ އަޑުތަކެއް ފެތުރެން ފަށާފައި ވަނީ، މިދިޔަ މަހު އެދެމީހުން އެކީގައި ރެސްޓޯރެންޓަކަށް ދިޔަ މަގުމަތީގައި ގިނަ ބަޔަކަށް ފެނުމުންނެވެ. އެއާއެކު ބައެއް ފަރާތްތަކުން ބުނެފައިވަނީ އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މަސްތަކެއް ވެފައިވާ ކަމަށެވެ.

އާތިޔާ އާއި ރާހުލް އެންމެ ފުރަތަމަ ދިމާވީ ދެމީހުންގެ ރަހުމަތްތެރީންގެ ފަރާތުން ކަމަށް ވެއެވެ. އޭގެ ފަހުން މާގިނަ ދުވަހެއް ނުވަނީސް، އެދެމީހުންގެ މެދުގައި ޚާއްސަ ގުޅުމެއް އުފެދިފައިވާ ކަމަށް އަޑު ފެތުރިފައި ވެއެވެ. މި އަޑުތައް ފެތުރިފައި ވަނިކޮށް އިންސްޓަގްރާމުގައި ދައުރުކުރި ފޮޓޯ އާއި ގުޅިގެން ގިނަ ބަޔަކު މިހާރު ބުނަމުން ދަނީ، މި ދެމީހުންގެ ލޯބީގެ ގުޅުން “އިންސްޓަ-އޮފިޝަލް” ކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އާތިޔާ އަދި ރާހުލްވެސް އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

އާތިޔާއަކީ ބޮލީވުޑްގެ ތަރި، ސަލްމާން ޚާން 2015 ވަނަ އަހަރު ޕްރޮޑިއުސް ކުރި ފިލްމް، “ހީރޯ” އިން ބޮލީވުޑަށް ތަޢާރަފްވި ފަންނާނެކެވެ. އެ ފިލްމަށް ފަހު އޭނާ ވަނީ އިތުރު ތިން ފިލްމަކުން ފެނިގެން ގޮސްފައެވެ. އެންމެ ފަހުން އޭނާ ކުޅެފައި ވަނީ ޑެމާމިތްރާ ބިސްވާލް ޑައިރެކްޓް ކޮށްފައިވާ ލޯބީގެ ފިލްމް، “މޮއްޗޫރު ޗަކްނަޗޫރު” އިންނެވެ. މި ފިލްމް ރިލީޒް ކޮށްފައި ވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޕްރިޔަންކާގެ އެންގޭޖްމެންޓް އަނގޮއްޓި އެންމެ ފަހުން ފެނިއްޖެ

ސުވާދީބު

ބެއިޖިން ފިލްމް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފި

ސުވާދީބު

ނިމިދިޔަ އަހަރު ބޮލީވުޑްގައި އެންމެ ހިނގި ލޯބިވެރިން އިނގޭތަ؟

ސުވާދީބު
Share