ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ޝަރުޢީ ދާއިރާ އާއި ބެހޭ ގޮތުން ހުސްނުއް ސުއޫދު ދެއްކެވި ވާހަކަފުޅުގެ ތަފްސީލް ސުޕްރީމް ކޯޓާއި ހިއްސާކުރަން މަރާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤު ރިޔާސީ ކޮމިޝަނުން ދެކޮޅުހަދައިފިއެވެ.
މިހާރު ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަހްމަދު މާޖިދު ވިދާޅުވީ ކޮމިޝަނުން ދެއްކެވި ވާހަކަފުޅުގެ ތަފްސީލް މިމަހުގެ 06 ވަނަ ދުވަހުގެ ކުރިން ސުޕްރީމް ކޯޓާއި ހިއްސާކުރަން ސުޕްރީމް ކޯޓުން ކޮމިޝަނުގައި އެދުނު ކަމަށާއި އެސިޓީގެ ޖަވާބު އިއްޔެ ކޮމިޝަނުން ސުޕްރީމް ކޯޓަށް ފޮނުއްވާފައިވާ ކަމަށެވެ. އެމައުލޫމާތު ހިއްސާ ނުކުރައްވާނެކަން އިއްޔެ ކޮމިޝަނުން ސުޕްރީމް ކޯޓަށް އަންގާފައިވާ ކަމަށް މާޖިދު ވިދާޅުވިއެވެ.
މާޖިދު ވިދާޅުވީ ސުއޫދު ދެއްކެވި ވާހަކަފުޅުގެ ތަފްސީލް ހިއްސާ ނުކުރެއްވުމުން އެއީ އެކަށީގެންވާ ހެކި ހުރެގެން ދެއްކެވި ވާހަކަފުޅެއް ނޫންކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މައުލޫމާތު ހިއްސާ ނުކުރެއްވުމުގެ ސަބަބުން ސުއޫދުގެ އިހްލާސްތެރިކަމާއި މެދު ދިވެހި ރައްޔިތުންނާއި ޝަރުއީ ދާއިރާ އިން ސުވާލު ކުރައްވާ ކަމަށް ވެސް މާޖިދު ވިދާޅުވިއެވެ.
Facebook Comments