web analytics
ޙަބަރު

ސ.ހިތަދޫ އުތުރުދާއިރާއަށް ހިތްވަރުގަދަ ޒުވާން ތައުލީމީ އިބުރާހިމް ޝާން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަނީ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރަށުތެރޭގައި، އެއީ ކޮފީއެއް ބޯލަން ރެސްޓޯރަންޓަކަށް ދިޔަކަމުގައިވިޔަސް، ފިހާރަޔަކަށް ދިޔަޔަސް، އޮފީހުގައި މަސައްކަތެއް ކުރަން ހުއްޓަސްވެސް މިހާރު އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވާހަކައެވެ. ކުރިއަށްއޮތް ދައުރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ މުހިންމު އިންތިހާބެއްކަން ގިނަ ރައްޔިތުން ގަބޫލުކުރެއެވެ. އަދި މިފަހަރަކީ ތަފާތުކޮށްލަން ޖެހޭ ފަހަރެއްކަންވެސް ގިނަ ރައްޔިތުން ދެކެއެެވެ. އިހްލާސްތެރި، ނަޒާހަތްތެރި، ތައުލީމީ ގާބިލް މީހުން މަޖިލިހުގެ ގޮނޑިއަށް އިންތިހާބު ކުރަންޖެހޭކަމަށްވެސް ގިނަ ރައްޔިތުންދަނީ ބުނަމުންނެވެ. އަދި ތައުލީމީ ޒުވާނުންނަށް މަޖިލީހުގެ ތަޅުމުގައި ތަމްސީލްކުރުމަށް ފުރުސަތުދޭންޖެހޭ ކަމަށްވެސް ވަރަށް ގިނަ ރައްޔިތުންދަނީ ވަކާލާތުކުރަމުންނެވެ.
މިގޮތުން މިފަހަރު، ސ.ހިތަދޫ އުތުރު ދާއިރާގެ ކޭންޑިޑޭޓަކީ ވަރަށްވެސް ތަފާތު އަދި ފާހަގަ ކޮށްލެވޭ ކޭންޑިޑޭޓެކެވެ. އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ފަޙުރުވެރި އާއިލާއަކުން އުމުރުން 17 އަހަރުން ފެށިގެން ޑިމޮކްރަސީއަށްޓަކައި އަމިއްލަ ފުރާނަ އަތްމައްޗައް ލައިގެން މަޝްހުރު ނަމޫނާ ދޯނީގައި އެ ބިޔަ ބޮޑެތި ރާޅުތަކުގެ ތެރެއިން ފެށި އިސްލާހީ ދަތުރު މިއަދާއި ހަމަޔަށްވެސް ހުއްޓުމެއް ނެތި ސާބިތު ކަންމަތީގައި ދެމިހުރި ތައުލީމީ ޒުވާނެކެވެ. އިބުރާހިމް ޝާންއަކީ ސުވައިދީބު ސަރުކާރުގެ ޕާލިމެންޓް މެމްބަރެއްގެ ގޮތުގައި އަފީފް ދީދީ ހަމަ ޖެއްސެވި މަޟްހޫރު ކެޔޮޅު މަރުހޫމް މޫސާބޭގެ ކޮއްކޯގެ ދަރިފުޅެވެ.ރަށާއި ދާއިރާއައް ބަލާއިރު ޝަރަފުވެރި ހިތްވަރުގަދަ އާއިލާއަކަށް އުފަން އިބުރާހިމް ޝާންއަކީ ސިޔާސީ ދާއިރާގައި ގާބިލް ތަޖުރިބާހުރި ހިތްވަރުގަދަ އަޒުމު ވަރުގަދަ ކެރޭ ޒުވާނެކެވެ.
ޑީޕީއަށް ދެއްވި އިންޓަވިއުއެއްގައި ޝާން ވިދާޅުވީ، “މަޖްލީހަށް މިކުރިމަތިމިލަނީ ސ.ިތަދޫ އުތުރު ދާއިރާގެ ރައްޔިތުން އެދިލައްވާގޮތަށް ރަށް ތަރައްގީކުރަން، ކޮރަޕްޝަން ނައްތާލުމަށް، އިންސާފާއި ހަމަހަމަކަން ގާއިމްކުރަން، އިގްތިސާދީގޮތުން ހަމަހަމަ ފުރުސަތުތައް ރައްޔިތުންނަށް ހޯދައިދޭން މަސައްކަތްކުރަން.ވިޔަފާރިވެރިންގެ ޖީބުތަކުން މަޖިލިސް ތޯހިރު ކުރުމުގެ މަތިވެރި މަގުސަދުގައެވެ. މާތްﷲ،ގެ ވާގިފުޅާއިއެކު ރައްޔިތުން އަޅުގަނޑަށް ފުރުސަތު ދީފިނަމަ މިކަންތައްތައް ކޮށްދޭނަން އަދި ސ.ިތަދޫ އުތުރު ދާއިރާގެ އަޑު މަޖިލީހުގެ ތަޅުމުގައި އިއްވައިދޭނަން.” ކަމަށެވެ.
މީގެ އިތުރުންވެސް ޝާން ވިދާޅުވީ، އަލަށް ހޮވޭ ،މަޖިލިހަކީ ފާއިތުވެގެންދިޔަ ކަންތައްތައް ތަކުރާރުކުރެވޭ، ރަބަރު ސްޓޭންޕޭއްގެ ގޮތުގައި އަމަލުކުރާ ތަނަކަށް މަޖިލިސް ވުމުގެ ފުރުސަތު ނުދެއްވާ އަޑު އުފުލާނެކަމަށެވެ.ެ.

” އަޅުގަނޑަށް ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ ރަބަރު ސްޓޭންޕޭއްގެ ގޮތުގައި އަމަލެއްނުކުރާނަން، އަޅުގަނޑު މަސައްކަތްކުރާނީ ރައްޔިތުންގެ އިހްސާސްތަކާއި އެއްގޮތަށް. ސ.ިތަދޫ އުތުރު ދާއިރާގެ ތަރައްގީއަށާއި އަދި މުޅި ރާއްޖޭގެ ތަރައްގީއަށް ޕާޓީތަކުން ކަނޑައަޅާ ސިޔާސަތުތައް ހާސިލްކުރަން އަޅުގަނޑުވެސް މަސައްކަތްކުރާނަން، އެހެންނަމަވެސް ސަރުކާރުވެސް ހަމަމަގުން ކައްސާލައިފިނަމަ އަޅުގަނޑު އަޑު އުފުލާނަން، ވެރިމިހާ ޒިންމަދާރު ކުރުވާނަން، އަޅުގަނޑު އެއްވެސް މީހެއްގެ އަޅަކަށެއް ނުވާނަން،ނުވިކޭނެ ނުވެސް ގަނެވޭނެ އަޅުގަނޑަކީ ރައްޔިތުންގެ މީހެއް” ޝާން ވިދާޅުވިއެވެ.ޝާން އިތުރަށް ވިދާޅުވީ ސ.ިތަދޫ އުތުރު ދާއިރާގެ ރައްޔިތުން އަޅުގަނޑަށް ފުރުސަތު ދެއްވައިފިނަމަ އަޅުގަނޑުގެ ދައުރު ނިމެންދެން ދާއިރާގެ ރައްޔިތުންގެ އަޑު ވީހާވެސް ގާތުން އެހުމަށްޓަކައި އޮފީހެއް ހުޅުވާފައި އެތަނަށް މުއައްޒަފުން ލާނެކަމަށެވެ.އަބަދުވެސް ރައްޔިތުންނަށް ކަމެއް ދިމާވެގެން ގުޅަން ޖެހިއްޖެ ހާލަތެއްގައި މި އޮފީހުން އެ ޙިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާފަ ދާއިރާއަށް އަމާޒުކޮއް އޮން ލައިން ވެބްސައިޓެއްވެސް ލޯންޗްކުރާނެކަމަށެވެ
ޝާންއަކީ ދާއިރާގެ ޒުވާނުންނާއި ވަރައް ގާތް ގުޅުމެއް އަބަދުވެސް ބާވަމުން އަންނަ ތައުލީމީ ޒުވާނެކެވެ. ދާއިރާގެ ރައްޔިތުންގެ މެދުގައިވެސް ވަރަށް މަގުބޫލް ހިތް ހެޔޮ އޯގާތެރި ޒުވާނެކެވެ. ޝާންގެ ފަރާތުން ސ.ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ ސުއާލު ކުރުމުން ވިދާޅުވީ ދާއިރާގެ ރައްޔިތުން މިފަހަރު އަޅުގަނޑަށް ވޯޓް ދެއްވާށެވެ ތަފާތު ދައްކާލާނަމެވެ.އެކަކަށް މިހާރުވެސ މާ ގިނަ ދުވަހު ފުރުސަތު ދެވިއްޖެ ކަމެށެވެ.މިފަހަރު ބަދަލަކައް ވޯޓް ދެއްވާށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރޯދަމަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ 9:00ން 1:00 ކަމަށް ހަމަޖައްސައިފި

ސުވާދީބު

ޗެނަލް13 އިން ގެނެސްދިން ހަބަރު ކ. އަތޮޅު ތައުލީމީ މަރުކަޒުން ދޮގުކޮށްފި

ސުވާދީބު

ވޯޓާސް ލިސްޓަށް 1،256 ޝަކުވާ ހުށަހެޅި: އީސީ

ސުވާދީބު
Share