web analytics
ޕްރައިމަރީ

ޑރ.އަފްރާޝީމް އާއި ރިޟްވާންގެ މައްސަލަ ބޭނުން ކުރީ “ސިޔާސީ ޓޫލް” އެއްގެ ގޮތުގަ: އަލީ ނިޒާރު

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު، ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ ރިޟްވާން މަރާލި މައްސަލަ ސިޔާސީ ފަރާތްތަކުން ބޭނުން ކުރީ ސިޔާސީ ޓޫލް އެއްގެ ގޮތުގައި ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެެއެވެ.

ރާއްޖޭގެ ޓީވީ ޗެނަލެއްގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ފަދަ ކަންކަން ދިމާވުމުން އެ ވާހަކަ ދައްކަނީ ސިޔާސީ މަންފާހޯދަން ކަމަށެެވެ. އަދި އެފަދަ މައްސަލަތަކުގެ ތުހުމަތު އެއްބަޔަކު އަނެއް ބަޔަކަށް ކުރުމުގެ ސަބަބުން އެ މައްސަލަތައް ބަލަން ދަތިތަކާއި ދިމާވާކަމަށް ނިޒާރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑރ.އަފްރާޝީމްގެ މަރު ފަދަ މައްސަލަތައް ނުބެލުމުން އެކަމުގެ ޒިންމާ ދައުލަތުން ނަގަން ޖެހޭކަމަށެވެ. އަދި އެ ފަދަ މައްސަލަތައް ވަގުތުން ނުބެލޭނަމަ ގިނަ ދަތިތައް ދިމާވާ ކަމަށާއި، މަރު ކޮމިޝަނުން ބަލާ މައްސަލަތަކަށް ކުރިއެރުން ހޯދަން އެންމެ ދަތިވާ ސަބަބަކީވެސް އެއީ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ސިޔާސީ ގޮތުން އައްޑޫ ރައްޔިތުން ގުރުބާން ކުރުމުގެ ބަދަލުގައި އައްޑޫ ތަރައްގީކޮށްދީ: ނިޒާރު

” މައްސަލަތައް އެބަ ޖެހޭ ހޫނުކަންމަތީ ބެލެން. މިހާރު އެފަހުން ކިތައް އަހަރުތޯ. ހެކި ފޮރުވަން ބޭނުންވާ ބަޔަކަށް އެކަން ކުރަން ފުރުސަތު ލިބޭހާ ދުވަސް ވެއްޖެ. ދައުލަތުން މިކަމުގެ ޒިންމާ ނަގަން ޖެހޭ. މައްސަލަތައް ވަގުތުން ނުބެލުމަކީ އެންމެ ބޮޑުއެއް މައްސަލަ. އަދި ސިޔާސީ ޓޫލް އަކަށް މިފަދަ މައްސަލަތައް ބޭނުން ކުރޭ. މިއަދު ކޮންމެ މީހަކީ ނޫސްވެރިއެއް. މީޑިއާގައާ މިވާހަކަ މިހެން ދެކެވެން ފެށީމަ ސިޔާސީ ނުފޫޒުވެސް އެބަ ވަދޭ. އަދި ނުފޫޒު އޮވެގެން ނުވަންޏާ ނުވާ ވާހަކަ އެބަ ބުނަން ޖެހޭ. އެ ވާހަކަ ނުދައްކާ ތިބެފަ، ނުފޫޒުގެ ސަބަބުން ނުވިއްޔޭ ބުނީމަ އެއީ ޒިންމާ އަދާކުރުމެއް ނޫން.” ނިޒާރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ މަސައްކަތް ރަނގަޅެވެ. އަދި ޖަވާބު ނުލިބި ހުރި މަރުގެ މައްސަލަތަކަށް ހައްލު ހޯދަން އެ ކޮމިޝަނުން މަސައްކަތް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އެޑިއުކޭޝަންގެ އިދާރީ މުވައްޒަފަކު މޫނު ބުރުގާ އެޅުމުން މަސައްކަތުން މަހްރޫމް ކޮށްފި

ސުވާދީބު

ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ގެންނަނީ

ސުވާދީބު

އިންޑިއާގެ މައިންގައި ތާށިވި މީހެއްގެ ހަށިގަނޑު ޑައިވަރުން ހޯދައިފި

ސުވާދީބު
Share