web analytics
ކުޅިވަރު

ޑި ޔޮން ބާސެލޯނާ އަށް ބަދަލުވަނީ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ގިނަ ކްލަބުތަކުން ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހޮލެންޑްގެ އަޔެކްސް އެމްސްޓެޑަމް އަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ފްރެންކީ ޑި ޔޮން ގެ ސޮއި އަތުލުމުގައި ޕީއެސްޖީގެ މައްޗަށް ބާސެލޯނާ އިން ކުރި ހޯދައިފި ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ޖަނަވަރީ މަހުގައި ދެ ކްލަބުގެ އިސް ފަރާތްތަކުގެ މެދުގައި ބޭއްވުނު ބައްދަލުވުންތަކަށްފަހު ޕީއެސްޖީ އަށް ފުރަގަސްދިނުމަށްފަހު ޑި ޔޮން ބާސެލޯނާ އަށް ބަދަލުވުމަށް އެއްބަސްވެފައިވާކަމަށް ހޮލެންޑްގެ ނޫސްތަކުން މައުލޫމާތުދެއެވެ.

ސްޕެއިނުގެ ކެޓަލޫނިޔާ ރޭޑިއޯ އިން މައުލޫމާތުދޭ ގޮތުގައި ޑި ޔޮން ގެންދިއުމަށް މަސައްކަތްކުރި ކްލަބުތައްކަމަށްވާ ޔުވެންޓަސް އާއި މެންޗެސްޓާ ސިޓީގެ އިތުރުން ޕީއެސްޖީ އަށް އޭނާގެ އޭޖެންޓް ވަނީ ބާސެލޯނާގެ އޮފާ ގަބޫލުކުރާނެކަން ކަށަވަރުކޮށްދީފައެވެ.

އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޑި ޔޮން ބާސެލޯނާ އަށް ބަދަލުވުމުގެ ހުރިހާ ކަމެއް މިއަދު ވަގުތެއްގައި އޭނާގެ އޭޖެންޓް އާއެކު ހޮލެންޑުގެ ވެރިރަށް އެމްސްޓެޑަމްގައި އެ ކްލަބުން ބާއްވާ ބައްދަލުވުމަށްފަހު ނިންމާނެއެވެ.

ބެލެވޭގޮތުގައި، ބާސެލޯނާ އަށް ޑި ޔޮން ބަދަލުވާނީ 75 މިލިއަން ޔޫރޯގެ އަގެއްކަމަށް ހަބަރުތައް ލިބެއެވެ. މީގެއިތުރުން، އޭނާގެ ފީ ދެއްކުމަށްޓަކައި ބާސެލޯނާ އިން އިންސްޓޯލްމަންޓް އުސޫލުން ތިން ބަޔަށް ބަހާލައިގެން ދެއްކުމަށް ތައްޔާރަށް އޮތްކަމަށްވެއެވެ.

އަޔަކްސް އަށް މިހާތަނަށް ކުޅެދިން 65 މެޗުގައި ހަ ގޯލް ކާމިޔާބުކޮށް އިތުރު 10 ލަނޑުޖެހުމަށް އެހީތެރިވެދީފައިވާ އުމުރުން 21 އަހަރުގެ ޑި ޔޮން ވަނީ ހޮލެންޑްގެ ގައުމީ ޓީމުގެ ޖާޒީގައި 5 މެޗު ހަމަކޮށްފައެވެ. މީގެއިތުރުން، މިދިޔަ އަހަރު މުޅީން އަލަށް ފެށި ޔުއެފާ ނޭޝަންސް ލީގުގެ ސެމީ އަށް އެ ޓީމު ގެންގޮސްދިނުމުގައި އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ކިމިޗް އަކީ ބާސެލޯނާ އަށް ކުޅެވޭ ފެންވަރު ހުރި ކުޅުންތެރިއެއް: ޒަވީ

ސުވާދީބު

މާޔަން އޭއެފްސީގެ ރައީސްއާ ބައްދަލުކޮށްފި

ސުވާދީބު

ބިރެއް ނެތް، އެކަމަކު ޔުނައިޓެޑާއި މެދު ސަމާލުވާންޖެހޭ: ވެން ޑައިކް

ސުވާދީބު
Share