ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
އެތެރޭގެ ވައިގެ ދަތުރުފަތުރުގެ އަގުތަކަށް އަންނާނީ ރައްޔިތުން އުފާވާ ކަހަލަ ހެޔޮ ބަދަލެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަހުލާ “ވަގުތަށް” ވިދާޅުވީ ޓިކެޓު އަގުހެޔޮކުރުމުގެ އެންމެ ފަހުގެ މަޝްވަރާތައް މިއަދު ނިމިފައިވާ ކަމަށެވެ. މިނިސްޓަރު ނަހުލާ ވިދާޅުވީ އަގުތައް ކަނޑަނޭޅި ލަސްވީ ގިނަ އޮފީސްތަކެއް ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކެއް ވެސް ހުރުމުންކަމަށެވެ
“ރައްޔިތުން ވަރަށް ހިތްހަމަޖެހޭ ވަރުގެ ހެޔޮ ބަދަލެއް އަންނާނެ. ޓްރާންސްޕޯޓް މިނިސްޓްރީން އެކަމުގައި ކުރަން ޖެހޭ ކަންތައްތައް ނިންމައި، އަގު ލިސްޓް ތައްޔާރުކޮށް ރައީސް އޮފީހަށް ފޮނުވާފައި ވާނީ. މިއަދު އެކަމާ ބެހޭ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައި. ދެން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަގު ހެޔޮވާނެ،” އައިޝާ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ޓިކެޓްގެ އަގު ހެޔޮކުރުމުގައި އައިލެންޑް އޭވިއޭޝަނަށް ސަބްސިޑީއެއް ދޭން ޖެހިދާނެތީ އެކަމުގައި ފިނޭންސް މިނިސްޓްރީއާ ވެސް މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.
އެތެރޭގެ އުދުހުންތަކުގެ އަގުތައް އަގު ކުޑަކުރުމަކީ ރައީސް ޞޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރަން ހިމަނާފައި އޮތް ވައުދެކެވެ.
Facebook Comments