web analytics
ޙަބަރު

ޓިއުމަރެއް ހުރި ކަމަށް ހީކޮށް ކުރި ސާޖަރީ އަކުން ފެނުނީ ބޮޑު ފަންޏެއް

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ވިއެޓްނާމް އަންހެނަކު ޓިއުމަރެއް ހުރި ކަމަށް ހީކޮށް ސާޖަރީ ކުރަނިކޮށް އަންހެނެއްގެ ސައިނަސްގެ ތެރެއިން ލޭ ބޯ ފަންޔެއް ދުވެދުވެ އޮށްވާ ފެނިއްޖެއެވެ.

އުމުރުން 63 އަހަރުގެ މި އަންހެންމީހާއަށް ވަރަށް ގަދަޔައއަންހެންމީހާ ބޮލުގައި ރިއްސާތާ 3 މަސްވީ ފަހުން ހޮސްޕިޓަލަށް ދިޔައީ މައިގްރެއިން ހުންނާތީއޭ ކިޔާފައެވެ.

އަންހެން މީހާއަށް ޖެހިފައި ހުރި މައްސަލަ ބެލުމަށްފަހު ޑޮކްޓަރު އެންގީ ކަރުތެރޭގައި ޓިއުމަރެއް އުފެދިފައި ވާކަމަށެވެ. އަދި އެ ޓިއުމަރ ނެގުމަށް އޮޕަރޭޝަނެއް ކުރުމަށް ޑޮކުޑަރުން ލަފާދިނެވެ.

ޓިއުމަރު ނެގުމަށް އެތަށް ގަޑި އިރު ވަންދެން ދިގު އޮޕަރޭޝަނެއް ކުރަމުންދިޔައިރު ޓިއުމަރެއް ފެނިފައެއް ނުވެއެވެ. ޑޮކްޓަރުންނަށް އޭގެ ބަދަލުގައި ފެނިފައި ވަނީ ދެ އިންޗީގެ ލޭބޯ ފަންޏެކެވެ.

ޑޮކުޑަރުން ވަނީ ދިރި ހުރި މި ފަނި އިތުރު ގެއްލުމެއް ދިނުމުގެ ކުރިން އެ އަންހެން މީހާގެ ހަށިގަނޑުގެ ތެރެއިން ނަގާފައެވެ. ޑޮކުޓަރުން ބުނި ގޮތުގައި މި ފަނި އިތުރަށް މިއަންހެން މީހާގެ ހަށިގަނޑު ތެރޭގައި އެތަށް ދުވަހެއް ވި ނަމަ ހަށިގަނޑުގެ އެތެރޭގެ ގިނަ ގުނަވަންތަށް ހަލާކުކޮށްލީސް ކަމަށެވެ.

ވިއެޓްނާމުގެ އުސް ފަރުބަދަ މަތީ ހިސާބެއްގައި ދިރިއުޅޭ މި އަންހެންމީހާ ވަނީ ވަރަށް ގިނައިން ކޯރުތަކުން ފެންވަރާފައެވެ. ބެކެވޭ ގޮތުގައި އޭނާގެ ކަރުތެރެއަށް އެ ފަނި ވަދެފައިވަނީ އެ ގޮތުން ކަމަށް ވެދާނެއެވެ.

ޑޮކްޓަރުން ބުނިގޮތުގައި ފަނި ނުނަގާ މާ ގިނަ ދުވަސް ވީނަމަ އަންހެން މީހާގެ ސައިނަސް އަށް ހަމަލާދީ، ނޭވާ ނުލެވޭ ވަރު ކޮށްލީހެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އަނެއްކާވެސް ވަޒީފާ ގެއްލުމުގެ ބިރު، މިފަހަރު 709 މުވައްޒިފުން

ސުވާދީބު

އަދާލަތާ އެކު ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ: އެމްޑީޕީ

ސުވާދީބު

އަދީބު، ފަރުވާ އަށް ފަހު ޖަލަށް ގެންގޮސްފި

ސުވާދީބު
Share