web analytics
ޙަބަރު

ޓްވިޓާގައި ހުށަހެޅި ޝަކުވާއަށް ޔުމްނާ އިޖާބަ ދެއްވައިފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ (ބޮޑުތަކުރުފާނު) ގެ ޒިޔާރަތް ސާފުކޮށްދިނުމަށް އެދި ޓްވިޓާގައި ހުށަހެޅި ޝަކުވާއަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އިޖާބަ ދެއްވައި އެތަނުގެ އާބާތުރަ ފިލުވައިފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ސޯސަލް މީޑިއާގައި މަޝްހޫރު ނާޖިހު ކޮށްފައިވާ ޓްވީޓުގައި ވަނީ ގައުމީ ބަތަލު ބޮޑުތަކުރުފާނު ނުވަތަ މުހައްމަދު ތަކުރުފާނުގެ ޒިޔާރަތް ހުރި ސަރަހައްދަށް ކުނިއަޅައި ހަޑިކޮށްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނާޖިހުގެ ޓްވީޓަށް ރައްދު ދެއްވަމުން ޔުމްނާ ވިދާޅުވެފައިވަނީ، “މިކަން ރަނގަޅުކުރުމަށް މަސައްކަތް ކުރާނަން،” ކަމަށެވެ.

ނަތީޖާއެއްގެ ގޮތުން ކަލްޗަރަލް މިނިސްޓްރީން އިއްޔެ ވަނީ ބޮޑުތަކުރުފާނުގެ ޒިޔާރާތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދުވެސް ސާފުކޮށްފައެވެ.

ބޮޑު ތަކުރުފާނަކީ އަކީ މީލާދީން 1573 ން 1585 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 981 ން 993 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި 981 ވަނަ އަހަރު ގައެވެ. ބޮޑު ތަކުރުފާނު އަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ގައުމީ ބަތަލެކެވެ. ގައުމީ ދުވަސް ފާހަގަކުރަނީ ވެސް ބޮޑުތަކުރުފާނުގެ ޖިހާދުގެ ހަނދާނުގައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ނަސަންދުރަ އެގްރީމެންޓް އަލުން ދިރާސާކުރަނީ!

ސުވާދީބު

ފްލެޓްތަކާ މެދު ގޮތް ނިންމުމުގައި ތަކުލީފު ކުޑަކުރަން ރައީސް އެދިވަޑައިގެންފި

ސުވާދީބު

ބޮޑު ޚިޔާނާތުން ވިލާ ޓްރެވެލްސް އަށް 7 ލައްކަ ޑޮލަރު

ސުވާދީބު
Share