web analytics
ޙަބަރު

ޔާމީންގެ ދިފާއުގައި ނިކުތް ޖޭޕީގެ މެމްބަރުންގެ މައްސަލަ ބަލަނީ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ ފުލުސް އޮފީހަށް ހާޒިރުކުރުމުން ޕީޕީއެމުން ބޭއްވި މުޒާހަރާގައި ބައިވެރި ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ މައްސަލަތައް ބައްލަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ޔާމީންގެ ދިފާއުގައި އިއްޔެ ނިކުތް ޖޭޕީގެ މެމްބަރުންނަކީ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފުގެ އިތުރުން ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކުއެވެ.

މިކަމާ ގުޅޭގޮތުން ވީޓީވީގެ “ފަސްމަންޒަރު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ ޖޭޕީގެ މެމްބަރުންގެ ގޮތުގައި ތިބެ އެފަދަ އެއްވުމެއްގައި ބައިވެރިވުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ޖޭޕީ އޮތީ ސަރުކާރުގެ ކޯލިޝަނާއެކުގައި ކަމަށެވެ.

“ކޮންމެ ޕާޓީއެއްގައި ވެސް އޮންނާނެ އުސޫލުތަކާއި ގަވާއިދުތަކެއް. އެއާ އެއްގޮތަށް ޕާޓީގެ އާއްމު މެމްބަރުން ވެސް އަދި މަޖިލިސް މެމްބަރުން ވެސް މަސައްކަތް ކުރަންވާނީ. އެ ތިން މެމްބަރުން އުސޫލާ ހިލާފަށް ކުރެއްވި ކަމެއް އެއީ. އެ ހަމަ މުޅިން ގޯސް ކަމެއް، އެކަން ކުށްވެރިކުރަން. އެކަން އޮންނާނީ ޕާޓީގެ ލީޑަރުގެ ސަމާލުކަމަށް ގެނެސްފައި” ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި ޔާމީންގެ ދިފާއުގައި ނިކުތް އެ ތިން މެމްބަރުންނާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވަނީ އެކަމާ ގުޅޭގޮތުން ސުވާލު ވެސް ކުރައްވާފައެވެ.

“އެކަން ބަލާނެ. އެކަމަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެކަން އަޅުގަނޑަށް ޔަގީން. އެއްވެސް ހާލެއްގައި ޖުމްހޫރީ ޕާޓީގެ މެމްބަރަކު ވެސް އަދި މަޖިލިސް މެމްބަރަކު ވެސް ޕާޓީގެ އާއްމު އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ. އަދި އަމުދުން ކޯލިޝަން ސަރުކާރެއްގައި، ސަރުކާރުން ކުރާ ކަންތައްތަކަށް އެހީތެރިވާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ތިބެންޖެހޭނީ. އިދިކޮޅަކަށް ނުދެވޭނެ” ރިޔާޒު ވިދާޅުވިއެވެ.

ޔާމީނަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ބޮޑު ޖަރީމާ ހިންގި ސަރުކާރެއްގެ ވެރިއެއްގެ ގޮތުގައި ހުންނެވި ބޭފުޅާ ކަމަށާއި އެފަދަ ބޭފުޅެއްގެ ދިފާއުގައި ޖޭޕީގެ މަޖިލިސް މެމްބަރަކު ވެސް އަދި އާއްމު މެމްބަރަކު ވެސް ނިކުންނަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ފްލެޓަށް އެދެން ކިޔޫ ނުޖެހޭ ނިޒާމެއް ގާއިމްކުރަނީ

ސުވާދީބު

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަހުގެ ތެރޭގައި އިއުލާނުކުރަނީ

ސުވާދީބު

ހުޅުމާލޭގެ އިމާރާތަކުން މީހަކު ވެއްޓި ޒަހަމްވެއްޖެ

ސުވާދީބު
Share