web analytics
ރިޕޯޓް

ްޕާޓީތަކަށވެސްް ފައިދާ ބޮޑީ ވަކިވަކިން ރައޔިތުންގެ މަޖިލިސްއަށް ވާދަކޮށްގެނ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

 

ރިޔާސީ އިންތިޚާބު ނިމި، އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް އެވަނީ މަޤާމުގެ ހުވައި ކުރައްވައި، ރިޔާސީ ދައުރު ފައްޓަވާފައެވެ. އެއާއިއެކު ފެށިފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ރާއްޖެއަށް މިވަގުތު ދިމާވެފައިވާ ގިނަ މައްސަލަތަކެއްގެ ހައްލުކަމަށް ގިނަ ރައްޔިތުން ދެކެއެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ޤައުމުގެ ހުރިހާ ބާރުތަކެއް އެމަނިކުފާނުގެ އަތްޕުޅު މައްޗަށް ނެންގެވިއިރު، މަޖިލީހުގެ ބާރުތައް އެމަނިކުފާނުގެ ކޮންޓްރޯލްގެ ދަށަށް ގެންދަވައި، މެމްބަރުންގެ ވަރަ ވަނީ ކޮށާލާފައެވެ.

‘ވަރަ ކޮށާ ޤާނޫނު’ ނުވަތަ އެންޓި-ޑިފެކްޝަން ޤާނޫނު މިހާރު އުވާލާފައި ވީނަމަވެސް، މަޖިލިސް އިސްލާހުވިކަމަށް ގިނަ ރައްޔިތުން ޤަބޫލެއް ނުކުރެއެވެ. އަދި ރައީސް ސޯލިޙް ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، ޤައުމުގެ މައްސަލަތައް ހައްލުވާނީ މަޖިލިސް އިންތިޚާބުގައި އެކަށީގެންވާ ބަޔަކު މަޖިލީހަށް ވަދެގެންކަމަށް ރައްޔިތުން މިއަދު ޤަބޫލުކުރެއެވެ.

ފާއިތުވި 5 އަހަރު ރައްޔިތުންގެ މަޖިލިސް ފެނިގެން ދިޔައީ ސަރުކާރުން ބޭނުންހާ ގޮތަކަށް، ބޭނުންހާ ޤާނުނެއް ހަދާ ތަނެއްގެ ގޮތުގައެވެ. ބިލެއް ހުށަހަޅާތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެބިލް ފާސްކޮށް، ތަސްދީޤުކުރާ ހިސާބަށް ކަންތައް ދިޔައީ މަޖިލީހުގެ މެމްބަރުންގެވެސް އިހުމާލުންނެވެ. ވެރިކަމުގެ އެއް ބާރުގެ ގޮތުގައި އިއްޒަތާއި، އިމްތިޔާޒްތަކާއިއެކު އޮންނަ މަޖިލީހެއް، ވެރިކަމުގެ އަނެއް ބާރުގެ އަޅަކަށް ވެގެން ދިޔައީ ހަމަ އެމަޖިލީހުގެ ސަބަބުންނެވެ.

މިހުރިހާ ކަމަކާއިއެކު، ރައްޔިތުން މިއަދު އުއްމީދުކޮށްގެން ތިބީ އިސްލާހީ މިބަދަލުގެ ސިލްސިލާގެ ތެރެއިން 19 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ކަމަށް އެކަށީގެންވާ، ނަޒާޙާތްތެރި ބަޔަކު އެތަނަށް ވެއްދުމަށެވެ. އެހެންނަމަވެސް އޭގެ ކުރިން މިހާރު ދިމާވެފައިވަނީ އެހެން މައްސަލައެކެވެ. މަޖިލީހުގައި ވާދަކުރަން ޖެހެނީ ކިހިނެއްކަމެއް ޕާޓީތަކަށް އަދި ކަނޑައެޅިފައެއް ނުވެއެވެ. ރިޔާސީ އިންތިޚާބުގެ ކުރިން ކުރެވުނު މަޝްވަރާތަކުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ގުޅިގެން ކޯލިޝަނެއްގެ ގޮތުގައި ވާދަކުރުމަށް ޕާޓީތަކުން ނިންމިއެވެ. އެހެންނަމަވެސް އެއީ އެންމެ ރަނގަޅު ނިންމުންތޯ މިއަދު ސުވާލު އުފެދެއެވެ.

ޕާޓީތަކުގެ މެދުގައި ސަރުކާރު ބަހާލި ގޮތަށް މަޖިލިސް ގޮނޑިތައް ބަހާލައިފިނަމަ ހަޤީގަތުގައި ރައްޔިތުންގެ ތާޢީދު އޮތީ ކޮން ޕާޓީއަކަށް ކަމެއް ނޭނގޭނެއެވެ. އަދި އެއްވެސް ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީއެއް ނުނެގޭނެއެވެ. ހަމައެއާއިއެކު އެއް ޕާޓީ ބާކީކޮށްލައި، އަނެއް 3 ޕާޓީއަށް “ރައްޔިތުންގެ ތާޢީދު އޮތީ އަހަރެމެންނަށް” ކަމަށް ބުނެ ކޯލިޝަން ހަދައި ބާކީ ކޮށްލި ޕާޓީ ސަރުކާރުން ބޭރުކޮށްލާ ވަރުކޮށްލެވޭނެއެވެ. ވެރިކަމަކީ އެމްޑީޕީ ލީޑްކުރާ ވެރިކަމެއް ނަމަވެސް، މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ ނެތި ސަރުކާރު ހިންގަން އެމްޑީޕީއަށް ދަތިވެ، މިނިސްޓްރީއެއްގެ ބޯޑެއް ބަދަލުކުރަންވެސް 4 ލީޑަރުންގެ ބަސް ހޯދަން ޖެހިދާނެއެވެ.

އެންމެ ބޮޑު ޕާޓީ އެމްޑީޕީއިން މަޖިލީހުގެ 40 އިންސައްތަ ގޮނޑިއަށް ކުރިމަތިލައިފިނަމަ އެއީ 35 ގޮނޑިއެވެ. ކުރިމަތިލާ ހުރިހާ ގޮނޑިއަކަށް ހޮވުމަކީ ނާދިރުކަމެކެވެ. 35 ގޮނޑީގެ ތެރެއިންވެސް އެންމެ ރަނގަޅަށް ނަތީޖާ ނިކުތަސް ހޮވޭނީ މިސާލަކަށް 25 ގޮނޑިއާއި 30 ގޮނޑިއާއި ދެމެދުގެ އަދަދަކަށެވެ. އެމްޑީޕީގެ ވެރިކަމެއްގައި، 87 މެމްބަރުންގެ މަޖިލީހަކުން 30 ގޮނޑި އެއީ އެމްޑީޕީއަށް އެންމެ އެކަށޭނެ އަދަދުކަމަށް އެމްޑީޕީއަށް ތާޢީދުކުރާ ފަރާތްތަކުން ޤަބޫލުކުރާނެތޯއެވެ؟

އަނެއްކޮޅުން ބަލާއިރު އަދާލަތު ޕާޓީއަކީ ތާޢީދު އިތުރުވަމުން އަންނަ ޕާޓީއެކެވެ. ސަރުކާރުގައިވެސް ރަނގަޅު ނިސްބަތެއް ލިބިފައިވާއިރު އެޕާޓީއިން ދަނީ މެމްބަރުން އިތުރުު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގައި ޕާޓީ ހިއްސާވާ ނިސްބަތުން ގޮނޑިތަކަށް ކުރިމަތިލާނަމަ އަދާލަތު ޕާޓީއަށް ކުރިމަތިލެވޭނީ އެންމެ 13 ގޮނޑިއަށެވެ. އަދާލަތު ޕާޓީގެ މަޤްބޫލުކުރަން އިތުރުވަމުން އަންނަ ނިސްބަތަށް ބަލާއިރު، އެންމެ 13 ގޮނޑިއަކީ އަދާލަތަށްވެސް އެކަށީގެންވާ އަދަދެއްތޯ އަދާލަތު ޕާޓީއިންވެސް ސުވާލުކުރާނެއެވެ.

އެމްޑީޕީއަކީ އެންމެ ތާޢީދު ބޮޑު ޕާޓީކަމަށް އެކަކުވެސް ދެބަހެއް ނުވާނެއެވެ. މިހާތަނަށް ކޮންމެ އިންތިޚާބެއްގައިވެސް އެޕާޓީއިން ދިޔައީ ކޮންމެ ދާއިރާއަކަށްވެސް ކެންޑިޑޭޓުން ނެރެމުންނެވެ. އެހެންކަމުން އެޕާޓީގެ ގިނަ މެމްބަރުންތަކެއް މިހާރު ގޮވާލަމުން އެދަނީ ޕާޓީތައް ވަކިވަކިން ވާދަކުރުމަށެވެ.

މިއީ ކޮންމެ ޕާޓީއަކަށްވެސް ވަކިވަކިން އެޕާޓީއަށް ތާޢީދު އޮތް މިންވަރު ދައްކަން ރަނގަޅު ފުރުސަތެކެވެ. ރައްޔިތުންނަށް އެމީހުން ބޭނުންވާ މީހާ އެމީހުން ތަމްސީލް ކުރަން މަޖިލީހަށް ވައްދަން ރަނގަޅު ފުރުސަތެކެވެ. އެކަން ކުރެވޭނީ ވަކިވަކިން ވާދަކޮށްގެންނެވެ.

 

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޝިމާ ގެއްލުނު އޮއި ބާރު ގާދޫ ކަނޑު ހުރަސްކޮށް ފަތާފައި ދެވޭނެތަ؟

ސުވާދީބު

ތަޖުރިބާއަށް ފަހު، އާ ސިޔާސަތެއް: ތަފާތެއް ފެންނާނެތަ؟

ސުވާދީބު

ތަރައްގީކޮށް ނިމޭއިރު ދިރުމެއް، ގައުމެއް އޮންނާނެ ބާ؟

ސުވާދީބު
Share