ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ސިޔާސީ ޕާޓީތަކުގެ ދަރަންޏަށް އެ ޕާޓީއެއްގެ މާލީ އެންމެ އިސްވެރިޔާ ޒިންމާ ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ދަރަންޏަށް އެ ދަރަނި ނެގިއިރު އެ ޕާޓީގެ މާލީ އެންމެ އިސްވެރިޔާ ޒިންމާ ކުރެވޭ ގޮތަށް އިސްލާހު ގެންނަންޖެހޭ ކަމަށާއި އެހެން ނޫނީ ޕާޓީތައް ދަރަނިވެރިވެ ނެތި ހިނގައިދާނެ ކަމަށެވެ.
Ahmed Akram
@akram4535
Siyaasee party thakuge dharannah e dharani negi iru e party ge maalee ehme isveriyaa zinmaa kurevey gothah gaanoonah islaah gennan jehey. Ehen noonee party thah dharani verive nethi hingaidhaane.
19
4:16 PM – Dec 24, 2018
Twitter Ads info and privacy
16 people are talking about this
Twitter Ads info and privacy
އަކްރަމް މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު މައި ޕާޓީ ކަމަށްވާ ޕީޕީއެމުން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އެ ޕާޓީގެ މެންބަރުން މޯލްޑިވިއަންގެ ބޯޓުތަކުގައި ދަތުރުކުރުމަށް ފަހު، ނުދައްކައި އޮތް 3.8 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ކޯޓުގައި ވަނީ ދައުވާކޮށްފައެވެ.
ޕީޕީއެމުން ބުނާގޮތުގައި އެ ފައިސާ އެ ޕާޓީ އަށް ނުދެއްކިގެން އުޅެނީ، ޕާޓީގެ މާލީ ހާލަތު މިވަގުތު ހުރި ގޮތުންނެވެ. އަދި އެ ޕާޓީއަށް ލިބެން ޖެހޭ ފައިސާތަކެއް އިލެކްޝަންސް ކޮމިޝަނުން ހިފަހައްޓަފާވާ ކަމަށާއި އެ ފައިސާ ލިބުނުހާ އަވަހަކަށް މޯލްޑިވިއަން އަށް ދައްކަން ޖެހޭ ފައިސާތައް ދައްކާނެ ކަމަށްވެސް ޕީޕީއެމުން މީގެކުރިން ބުނެފައިވެއެވެ.
ޕީޕީއެމުން މޯލްޑިވިއަން އަށް ދައްކަންޖެހޭ 3.8 މިލިއަން ރުފިޔާ އޮތްއިރު، ޕީޕީއެމްގެ އިސްވެރިންތަކެއް މިއަދު ވަނީ އާ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.
Facebook Comments