ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެއާމަންގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތ ވިލިފުށި ހުސްނުހީނާގޭ އިބްރާހީމް ހިލްމީ އަންޔަންކުރައްވައިފިއެވެ.
އިބްރާހިމް ހިލްމީއަކީ ޕީއެސްއެމްގެ ފުރަތަމަ ބޯޑުގައި ހިމެނިވަޑައިގެން އޭރުގެ ބޯޑުގެ ވައިސް ޗެއާމަންއެވެ. ހިލްމީގެ އިތުރަށް ބޯޑަށް އަންޔަން ކުރައްވާފައި ވަނީ ގ. ހިލްމަން މަރިޔަމް ވަހީދާއެވެ. މަރިޔަމް ވަހީދާއަކީ ޕީއެސްއެމުގެ ދިވެހި ރާއްޖޭގެ އަޑުގައި މަސައްކަތް ކުރުމުގެ އިތުރަށް އެތަން ހިންގުމަށް ކުރިން އެކުލަވާލި ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ބޯޑް މެމްބަރުކަންވެސް ކުރައްވާފައިވާ ބޭކަނބަލެކެވެ.
ޕީއެސްއެމްގެ ބޯޑަށް ގެނައި ބަދަލުތަކާއި ބޯޑްގައި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ޗެއަރމަން އިބްރާހިމް ހިލްމީ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ހާލިދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަމީމް އަދި ބޯޑް މެމްބަރު މަރިޔަމް ވަހީދާއެވެ.
Facebook Comments