web analytics
ސިޔާސީ

ޕީޕީއެމްގެ ހިންގުން މައުމޫނާ ހަވާލުކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށަނީ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ޕީޕީއެމް ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

ޕީޕީއެމް ހިންގުން މައުމޫނާ ހަވާލުކުރަން އެ ޕާޓީގެ އާންމު މެމްބަރެއް ކަމަށްވާ ލ. ގަން ތުނޑި، ހަވި އަލީ އަހުމަދުގެ ފަރާތުން ދައުވާކުރީ ސިވިލް ކޯޓުގަ އެވެ. އެކަމަކު ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ ފައިލް އެ ކޯޓަށް ގެންގޮސް، އެ މައްސަލަ އެ ކޯޓުން ބަލަން ނިންމައިފަ އެވެ.

އެ މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނެވެ. އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.

އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމަށް މައުމޫންގެ ފަރާތްޕުޅުން ވެސް ވަނީ ހުށަހަޅައިފަ އެވެ.

ޕީޕީއެމްގެ ލީޑާޝިޕްގެ މައްސަލަ ކޯޓުގައި އޮތުމުން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ލީޑާޝިޕް އިސްކޮށް ތިއްބަވައިގެން ޕީއެންސީގެ ނަމުގައި އެހެން ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމުން ޕީއެންސީ އިން މިހާރު ވަނީ ޕާޓީއެއް ރަޖިސްޓްރީ ކުރަން ބޭނުންވާ 3،000 މެމްބަރުންގެ ފޯމް އެ ކޮމިޝަނަށް ހުށަހަޅައިފަ އެވެ.

ޕީޕީއެމްގެ ލީޑާޝިޕްގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތްއިރު އެ ޕާޓީގެ ރައީސް ކަމަށް ޔާމީން އިންތިޚާބުކޮށް އެ ޕާޓީން މިދިޔަ ސެޕްޓެމްބަރު ބޭއްވި ޚާއްސަ ކޮންގްރެސްގެ މައްސަލަ ވެސް މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. އެ ކޮންގްރެސް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ހައި ކޯޓުން ވަނީ އެ ކޮންގްރެސް ބަލައިގަތުމަށް އަމުރުކޮށްފަ އެވެ. އެކަމަކު ހައި ކޯޓުގެ އެ ނިންމުން އިލެކްޝަންސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އުމަރު ނަސީރު ހުރީ މިނިވަން 50ގެ ކޮރަޕްޝަން، އަދި ވެރިކަމުގެ ތެރެއިންވެސް ޔާމީންގެ ދަށުވެފައި – މުއާޒް

ސުވާދީބު

ޕީޕީއެމް ލީޑާޝިޕް މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ

ސުވާދީބު

ޕީޕީއެމް މެމްބަރަކު ނުހޮވައި މަޖިލިސް އިންތިޚާބަށް ކޮމިޓީއެއް ހަދައިފި

ސުވާދީބު
Share