web analytics
ސިޔާސީ

ޕީޕީއެމް އަށް ނުވަދެ މިހިރީ ފެކްޝަނެއް އުފެދިދާނެތީ – އުމަރު

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އުމަރުގެ ސިޔާސީ މަސައްކަތްތަކާއި ބެހޭގޮތުން މިއަދު “ވަގުތު” އާއި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ޕީޕީއެމް އަށް ވަންނަން ބޭނުންވި ނަމަވެސް ނުވަދެ ހުންނަވަނީ ޔާމީނާއި މައްސަލައެއް ޖެހެން ބޭނުން ނުވާތީ ކަމަށެވެ.

“އަޅުގަނޑުގެ ޝައުގުވެރިކަން އެބައޮތް ޕީޕީއެމްއާމެދު. ސަބަބަކީ ޕީޕީއެމް އުފެއްދުމަށް އަޅުގަނޑު ވަރަށްބޮޑު ރޯލެއް ކުޅުނިން ގާތްގަޑަކަށް މައުމޫން ކުޅުނުހާ ބޮޑުރޯލެއް ކުޅެފައިވާނީ. ޔާމީނު ވެސް ވަރަށް ބޮޑު ރޯލެއް ކުޅުނު. އަޅުގަނޑުމެން ތިން މީހުން އެންމެބޮޑު ރޯލެއް ކުޅެފައި އޮންނާނީ ޕީޕީއެމް އުފެއްދުމަށް،” ޢުމަރު ވިދާޅުވިއެވެ.

އެހެންކަމުން ޕީޕީއެމް މަގުމަތިވާން ދޫކޮށްލާން ބޭނުން ނުވާކަމަށާއި އަދި ޕީޕީއެމް އަށް ގޮސް މައްސަލަތަކެއް ވެސް އުފައްދަން ބޭނުން ނުވާ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ކޯޓުގައި އޮތް ޕީޕީއެމް މައްސަލަ ނިމި، މައުމޫނާއި ޕީޕީއެމް ހަވާލު ކުރަން ޙުކުމް ކުރި ނަމަވެސް އޭނާ ޕީޕީއެމްއަށް ނުދާނެ ކަމަށެވެ.

“އޭރުން ޕީޕީއެމް ވާނީ ސަރުކާރަށް ތާއިދުކުރާ ޕާޓީއަކަށް. އަޅުގަނޑު އަބަދުވެސް ހުންނާނީ މިސަރުކާރުގެ އޮޕޮޒިޝަންގައި. މައުމޫނަށް ޕީޕީއެމް ލިބުނަސް އަޅުގަނޑު ނުދާނަން.” އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިހާރު ސިޔާސީ ހަރަކާތްތަކުގެ ކުރީ ސަފަށް ނުނިކުމެ އޭނާ މަޑުކުރައްވަނީ އެންމެ ތާއިދު ބޮޑު އިދިކޮޅު ލީޑަރަކީ ކުރީގެ ރައީސް ޔާމީން ކަމަށް ވާތީ ޔާމީން ކަންތައް ކުރައްވާ ގޮތެއް ބައްލަވަން ވެގެންނެވެ.

ނަމަވެސް ޔާމީން އިދިކޮޅު ލީޑަރެއްގެ މަސައްކަތްތައް ކުރައްވާތަން ނުފެންނާތީ ވަރަށް އަވަހަށް މަސައްކަތް ފައްޓަވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

“ރައްޔިތުންގެ ޙައްޤުގައި ކުރަން ޖެހޭ ކަންތައްތައް އަޅުގަނޑު ކުރާނަން. އަޅުގަނޑު މަޑުންނެއް ނުހުންނާނަން އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބައިގެން މިއުޅޭ ފަދަ މައްސަލަތަކުގައި. އަޅުގަނޑު އަޑުއުފުލާނަން.” އުމަރު ވިދާޅުވިއެވެ.

އިދިކޮޅު ސިޔާސީ ހަރަކާތްތައް މަޑުޖެހިފައި ވާތީ ގިނަ އާއްމު ރައްޔިތުން ގެންދަނީ އުމަރު ކޮބައިތޯ މީސް މީޑިއާގައި ސުވާލު ކުރަމުންނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޔާމީނަށް އަނިޔާވެރިވާކަށް ނޭދެން: ގާސިމް

ސުވާދީބު

ރައީސް ޔާމީން މިނިވަން ކުރަން 10000 މީހުން ސޮއިކޮށްފި – މުންދު

ސުވާދީބު

ޕީޕީއެމްގެ ހިންގުން މައުމޫނާ ހަވާލުކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށަނީ

ސުވާދީބު
Share