ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ޕީޕީއެމްގެ ބާރުތައް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކޮށްދިނުމަށް އެދި އާންމު މެމްބަރަކު ހުށަހެޅި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މާދަމާ ފެށުމަށް ނިންމައިފިއެވެ.
ޕީޕީއެމްގެ ހިންގުން މައުމޫންއާ ހަވާލުކޮށްދިނުމަށް އެދި އެ ޕާޓީގެ އާންމު މެމްބަރެއް ކަމަށްވާ އަލީ އަހުމަދު އެ މައްސަލަ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ ސިވިލް ކޯޓުން އެ މައްސަލަ ނަގައި ބަލަން ފަށައިފައެވެ. އެ މައްސަލައިގެ އިބްތިދާއީ ބައްދަލުވުމެއް ސުޕްރީމް ކޯޓުގައި ދާދިފަހުން ބާއްވާފައެވެ.
މި މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:15 ގައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށްދާއިރު ޕީޕީއެމްގެ މިހާރު ލީޑަރޝިޕުން އަންނަނީ އާ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އާ ޕާޓީއެއް އުފެއްދުމަށް އެ ބޭފުޅުން މަސައްކަތް ފެށީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ މި މައްސަލަ ޕީޕީއެމްގެ މިހާރު ލީޑަރޝިޕާއި ދެކޮޅަށް ނިމިދާނެ ކަމަށް ބެލެވޭތީއެވެ.
މި މައްސަލައިގެ އިތުރުން ޕީޕީއެމް އިން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ކޮންގްރެސްގެ މައްސަލަ ވެސް މިވަގުތު އޮތީ ސުޕްރީމް ކޯޓުގައެވެ.
Facebook Comments