web analytics
ޙަބަރު

ޕްރައިމަރީ އަށް ލީޑާޝިޕުން ނުފޫޒު ފޯރުވި: ނިޒާރު

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި، ވަކި ބަޔަކު ހޮވުމަށް އެ ޕާޓީގެ ލީޑާޝިޕުން މަސައްކަތްކޮށްފައިވާ ކަމަށް އެ ޕްރައިމަރީން ނާކާމިޔާވި، މިހާރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ޕްރައިމަރީގައި މިހާރު މަޖިލީހުގައި ތިއްބެވި އެ ޕާޓީގެ މެމްބަރުންގެ ތެރެއިން ޓިކެޓު ނުލިބި، ފުރުސަތު ގެއްލުނީ ފަސް ބޭފުޅަކަށެވެ. އެއީ ނިޒާރުގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ (ބްރިގޭޑިއާ) އަށެވެ.

ޕްރައިމަރީ ކުރިއަށް ގެންދިޔަ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން ނިޒާރު “މިހާރު” އަށް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން، އޭނާ އާއި އެހެން ބައެއް މެމްބަރުންނަށް އެންޓި ކެމްޕެއިން ކޮށްފައިވާ ކަމަށެވެ. އޭނާ އަށް ވޯޓު ނުދޭން ބައެއް މީހުންގެ ގާތުގައި ނަޝީދުގެ އަރިސް ބޭފުޅުން އެދިވަޑައިގަތް ކަމަށް ނިޒާރު ތުހުމަތު ކުރެއްވި އެވެ.

“ލިސްޓް ބަހާފައި އެބަހުރި ރައީސް ނަޝީދު ވިދާޅުވެގެން ކަމަށް ބުނެ. އެ ލިސްޓުގައި އަޅުގަނޑުމެން ބައެއް މެމްބަރުންގެ ނަމެއް ނެތް. އެކަން ކޮށްފައި ވަނީ ރައީސް ނަޝީދުގެ އަރިސް ބޭފުޅުން،” މަޖިލިހުގެ މި ދައުރުގައި އެންމެ ހަރަކާތްތެރި އެއް މެމްބަރު ކަމަށްވާ ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބުގައި އޭނާއާ ވާދަކޮށް އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނާޒިލްއަށް އޭނާ ތާއީދު ކުރައްވާނެ ކަމަށެވެ. ޕާޓީތެރޭގައި މައްސަލަތަކެއް ހުރުމަކީ ނާޒިލްގެ ކުށެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީއާ އިދިކޮޅު ޕާޓީތަކަށް ހޫނު ބަހުގެ ހަމަލާތައް އަބަދުވެސް ދެއްވާ ނިޒާރު ވިދާޅުވިގޮތުގައި އޭނާ ފެއިލްކޮށްލުމަށް އެމްޑީޕީއަށް ވާދަވެރި ޕާޓީތަކުން ޕްރައިމަރީއާ ދިމާކޮށް މީހުން ވައްދާފައިވެ އެވެ. އަދި ތަކުރާރުކޮށް 100 އަށްވުރެ ގިނަ މީހުން އިއްޔެގެ ޕްރައިމަރީގައި ވޯޓްލާފައިވާ ކަމަށްވެސް ނިޒާރު ތުހުމަތު ކުރައްވަ އެވެ. އެކަން ހުއްޓުވުމަށް ތަކުރާރުކޮށް މަސައްކަތް ކުރުމުންވެސް އެ ޕާޓީގެ ލީޑާޝިޕުން ފުރުސަތު ނުދިން ކަމަށް ނިޒާރު ވިދާޅުވި އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ހުޅުމާލޭގައި ބަންގްލަދޭޝް މީހަކު މަރުވެއްޖެ

ސުވާދީބު

މިނިސްޓަރު ޝާހިދު އެމެރިކާ އަށް ފުރާވަޑައިގެންފި

ސުވާދީބު

ރައީސާއި ނަޝީދުގެ ސަމާލުކަން ކުޅުދުއްފުއްޓަކަށް ނެތް !

ސުވާދީބު
Share