web analytics
ސިޔާސީ

ޕްރައިމަރީ އިންސާފުވެރިވާނެ ކަމުގެ ޔަގީންކަން އެމްޑީޕީން ދީފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރައްޔިތުންގެ މަޖިލިހަށް ވާދަކުރުމަށް ޕާޓީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ހޮވަން، އަންނަ ހުކުރު ދުވަހު އެމްޑީޕީން ބާއްވާ އިންތިހާބު އިންސާފުވެރިވާނެ ކަމުގެ ޔަގީންކަން އެ ޕާޓީން މިއަދު ދީފި އެވެ.

“އިންތިހާބުގެ ކަންކަން ސުލްހަވެރިކަމާއެކީ ދެ ފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަން އަޅުގަނޑުމެން މިހާރު ވެސް މި ގެންދަނީ ކުރަމުން،” ޝިފާޒް ވިދާޅުވި އެވެ.

އެމްޑީޕީން މީގެ ކުރިން ބޭއްވި އެތެރޭގެ އިންތިހާބުތަކުގައި ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާނެ ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.

“އަޅުގަނޑުމެން ދުރާލާ އިއުލާންކޮށް އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލިން ހުރިހާ ކަމަކަށް ވެސް. ވަކިން ހާއްސަކޮށް ފޮށިތަކުގައި ކެންޑިޑޭޓުންގެ ފަރާތުން އޮބްޒާވްކުރާނެ އޮބްޒާވަރުންނަށް ވެސް އެބޭފުޅުންގެ މަންދޫބުންނަށް ވެސް. އަދި މަސްލަހަތު ހިފެހެއްޓުމަށް އެކި ދާއިރާތަކަށް އެކިއެކި ބޭފުޅުން އެކިއެކި ހިސާބުން ވާނީ ފޮށިތަކުގެ އިސްވެރިން ގޮތުގައި ވެސް ހަމަޖެއްސިފަ. ކޮންމެ ފޮއްޓަކަށް އިސްވެރިއަކު މިވަގުތު ހުންނާނެ ހާއްސަކޮށް އެނގެން،” އޭނާ ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ ކުރީގެ އިންތިހާބުތަކުގައި ދިމާވި މައްސަލަތައް ހައްލުކުރުމަށް މިފަހަރު ވަރަށް ބޮޑަށް މަސައްކަތްކޮށްފައި ވާނެ ކަމަށެވެ.

“އެމްޑީޕީއަށް މިހާރު 13 އަހަރު ވީ. އެހެންވީމަ ވަރަށް ގިނަ އިންތިހާބުތަކަކަށްފަހު މިހާ ހިސާބަށް މި އައީ. އައިރުގައި އެ ހުރި ހުރިހާ ކަމެއްގެ ތެރެއިން އެއިރުގައި ފެންނަން ހުރި މައްސަލަތައް ދެން އަންނަ އިންތިހާބަށް އަބަދުވެސް ރަނގަޅު ކުރަން. އެހެންވީމަ މި އިންތިހާބަށް އައި އިރު ފާއިތުވި އިންތިހާބުތަކުން ފެނުނު އެތައް ކަމެއް ރަނގަޅު ކުރުމަށް އަޅުގަނޑުމެން މަސައްކަތްކޮށްފައި ވާނީ،” އޭނާ ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ އިންތިހާބުގެ ކަންކަން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

“އެމްޑީޕީގެ އިންތިހާބެއް ބާއްވައިފިއްޔާ ވަރަށް ބޮޑު ކާނިވަލަކަށް ވަނީ. ވަރަށް ބޮޑު އިވެންޓެއް އެއީ. މުޅި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އިވެންޓު އެއީ،” މަނިކު ވިދާޅުވި އެވެ. “ވަރަށް ބައިވަރު މީހުންތަކެއް އެއްވާނެ ތަނެއް މިއީ. އެހެންވީމަ އަޅުގަނޑުމެން އުއްމީދު ކުރަނީ މި އިންތިހާބު ވީހާ ވެސް އެކުވެރިކަމާއެކު އެހެން ނަމަވެސް ވާދަވެރިކަމާއެއްކޮށް ނިމިގެންދާނެ ކަމަށް،” އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ މި އިންތިހާބަކީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ އެތެރޭގެ އެންމެ ބޮޑު އިންތިހާބެވެ. އެ އިންތިހާބުގައި 280 ކެންޑިޑޭޓަކު ވާދަ ކުރާއިރު، ވޯޓު ލުމުގެ ހައްގު 86،091 މީހުންނަށް ލިބިފައިވެ އެވެ. އަދި މުޅި ރާއްޖޭގައި 270 ވޯޓު ފޮށި ބަހައްޓާނެ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޕީޕީއެމް މެމްބަރަކު ނުހޮވައި މަޖިލިސް އިންތިޚާބަށް ކޮމިޓީއެއް ހަދައިފި

ސުވާދީބު

މާރިޔާގެ ކަންބޮޑުވުން: ރެޑިކަލް އަކީ ހައްދުފަހަނަލާފައިވާ ވިސްނުން

ސުވާދީބު

ސާމާލުވޭ! ބޭރަށް ހިންގުމާއި ރޯގާ ދަނީ އިތުރުވަމުން! ސޭޓްގެ މޮޅު ހެލްތް މިނިސްޓަރ ބޮޑުތަނުން ފެއިލްވީޔޯ

ސުވާދީބު
Share