ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕްރިމަރީގައި ވާދަ ކުރުމާއި ވާދަކޮށް ބަލިވާ ކެންޑިޑޭޓުންނަށް އަލުން ވާދަ ނުކުރެވޭ ބިލާއިމެދު މެންބަރުން ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެއްޖެއެވެ.
މިއަދު ކުރިއަށް ގެންދިއަ މަޖިލީހުގެ ޖަލްސާގައި ބައެއް މެންބަރުން ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުން ޓިކެޓް ދޭންޖެހޭނީ ޕްރައިމަރީއަކަށްފަހު ކަމަށާއި ޕްރައިމަރީގައި ބަލިވެއްޖެނަމަ އަމިއްލައަށް ކުރިމަތިލައިގެން ނުވަތަ އެހެން ޕާޓީއަކާއި ގުޅިގެން ވާދަކުރުމަކީ ޑިމޮކްރަސީ ނޫން ކަމަށެވެ. މިކަމަށް ރައްދު ދެއްވި މެންބަރުން ވިދާޅުވީ އިންތިޚާބުތަކަށް ކުރިމަތިލައި ވާދަކުރުމަކީ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ ޙައްޤެއް ކަމަށާއި އެ ޙައްޤު ނިގުޅައި ނުގަނެވޭނެ ކަމަށެވެ.
ބައެއް މެންބަރުން ވިދާޅުވީ ކެންޑިޑޭޓުންނަށް ޓިކެޓް ދިނުމުގައި ކޮންމެ ސިޔާސީ ޕާޓީއަކަށްވެސް އެޕާޓީއަކުން އަމަލުކުރަން ބޭނުންވާ ގޮތަކަށް އަމަލުކުރުމުގެ އިޚްތިޔާރު އޮންނަން ވާނެ ކަމަށާއި އެ ޕާޓީ އަކުން އަމަލުކުރާނެ ގޮތް ކަނޑައެޅުމަކީ އެ ޕާޓީއެއްގެ ކަމެއް ކަމަށެވެ. އެއް ޕާޓީއަކުން އަމަލުކުރާ ގޮތަށް އަމަލުކުރަން ހުރިހާ ޕާޓީއަކަށް ނުޖެހޭނެ ކަމަށެވެ. ބައެއް މެންބަރުން ވިދާޅުވީ އިންތީޚާބު ކައިރިވުމުން ޢާއިލާގެ އެންމެންނާއި ހުރިހާ ރައްޓެހިން ޕާޓީ އާއި ގުޅި ޕްރައިމަރީގައި ވޯޓު ދީގެން ނަތީޖާ ނެރުމަކީ ޕާޓީގައި ކުރިން ތިބި މެންބަރުންގެ ޙައްޤުތަކަށް އުނިކަން އަންނަ ކަމެއް ކަމަށެވެ. އެހެންކަމުން މިކަންކަމުގައި ބަލަންޖެހޭ އަދި ޕާޓީތަކުން އިޞްލާޙްކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
Facebook Comments