web analytics
ޙަބަރު

“ޕްރެޒިޑެންޓް އެކްޝަން ކޮމިޓީ” އުފައްދަވާ ފަސް މެމްބަރަކު އައްޔަން ކޮށްފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، “ޕްރެޒިޑެންޓް އެކްޝަން ކޮމިޓީ”އަށް ފަސް ބޭފުޅުން ހަމަޖައްސަވައި، އެ ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

ޕްރެޒިޑެންޓް އެކްޝަން ކޮމިޓީއަށް ޢައްޔަނުކުރެއްވި ފަސް ބޭފުޅުންނަކީ، މައްޗަންގޯޅި ޑާޗާ ޢަލީ ހާޝިމާއި، މައްޗަންގޯޅި މާދެލި މަޙްމޫދް ރާޟީއާއި، މައްޗަންގޯޅި ކޮށީގޭ ޖުވައިރިޔާ ސަޢީދާއި، ވ. ސިނަމާލެ 4 05-02 އަލްއުސްތާޛާ މަރްޔަމް ރިފްނާއާއި، ގަލޮޅު ކްރީމްގޭ ޒުރުވަތު ޢަބްދުލް މާޖިދުއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ކޮމިޓީގެ ލަފާ އެމަނިކުފާނު ބޭނުންފުޅުވާ ކަންކަމުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ އެކިއެކި މައްސަލަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކޮމިޓީއަށް ފޮނުއްވާ މައްސަލަތައް ދިރާސާކުރުމާއި އެ މައްސަލަތަކާމެދު އަޅަންވީ ފިޔަވަޅުތައް ދިރާސާ ކުރުން ހިމެނެއެވެ.

އޭގެ އިތުރުން އެ މައްސަލަތަކާމެދު ޢަމަލުކުރަން ފެންނަގޮތުގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމާއި، ނިމިދިޔަ ސަރުކާރުގައި ސިޔާސީ ސަބަބަކަށްޓައި ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާބެހޭ ކަންކަން ނިންމުމުގައްޔާއި، ސަރުކާރަށް ކުރިމަތިވާ މި ނޫންވެސް އެހެނިހެން ކަންތައްތަކުގައި މި ކޮމިޓީގެ ލަފާ ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އެންމެ ދަރަނި ބޮޑު ވަޒީރަކީ މަލީހް

ސުވާދީބު

ޔާމީނަށް އެސްކްރޯ އެކައުންޓް ހުޅުވި ސަބަބެއް އޭސީސީން ނުބުނި!

ސުވާދީބު

ޑިޒައިން ބަދަލުކޮށް އާ “ރޭމްޕް” އެއް ހަދައިފި

ސުވާދީބު
Share