web analytics
ޙަބަރު

“ޖަޒީރާ މާހައުލެއް” ހޯދައިދިނުމަށް ބަންދު ކުރާ މަގުތައް އިއުލާން ކޮށްފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ މަސް ދުވަހު ތެރޭގައި ހިމެނޭ ވައުދެއް ކަމަށްވާ “ޖަޒީރާ މާހައުލެއް” ގާއިމް ކުރުމުގެ ވައުދު ފުއްދުމުގެ ގޮތުން، ކޮންމެ ހުކުރު ދުވަހަކު ބަންދު ކުރާ މަގުތައް ހައުސިން މިނިސްޓްރީން އިއުލާން ކޮއްފިއެވެ.

މިއަދު ހައުސިން އެންޑް އާބަން ޑެވެލެޕްމެންޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ ޖެނުއަރީ 11 ވާ ހުކުރު ދުވަހުން ފެށިގެން ކޮންމެ ހުކުރު ދުވަހެއްގައި މަގުތަށް ބަންދު ކުރާނެ ކަމަށެވެ.

“މަގުތައް ބަންދުކުރަން ފަށާއިރު ވެސް މަދުވެގެން 13 މަގެއް ބަންދުކުރާނެ ,މިކަމަށް އޮންނަ ތާއީދަކަށް ބަލާފައި މިކަން ފުޅާކުރަން ވިސްނާނީ،” ޝާމިން ވިދާޅުވި އެވެ.

އެގޮތުން ބަންދު ކުރަން ނިންމާފައިވާ 13 މަގަކީ , ދޭލިޔާ ހިންގުން , މޫނިމާ ހިންގުން , ސިޓީ ޕާކުގެ ދެކުނަށް އޮތް ގޯޅި , ޑެއިޒީ މަގު , ދެވީނާ މަގު , ވައިދެރި ހިންގުން , ބެންތެޔޮ ގޯޅި , އަސުރުމާ ގޯޅި , ފަޑިޔާރު މަގު , ކާނޭޝަން މަގު , ކުޅި ދޮށު މަގު , ހިލާލީ މަގު , މަޖީދީ މަގެވެ.

މަގުތައް ބަންދުކުރަން ނިންމާފައި ވަނީ ހެނދުނު 6:30 އިން 10:30 އަށެވެ.

މި ވައުދު ފުރިހަމަކުރުމަށް އެންމެ ރަނގަޅު އުސޫލެއް ކަނޑައެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލް އަދި ފުލުހުންނާ އެކު ހައުސިން މިނިސްޓްރީން ވަނީ މަޝްވަރާކޮށްފަ އެވެ.

“މާލޭގައި އުޅޭ މީހުންތައް އަބަދު ބަންދުވެފައި އެ ހުންނަނީ. މި މަގުތައް ހުކުރު ދުވަހު ބަންދުކުރެވުނީމަ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް މާލެއިން ޖަޒީރާ މާހައުލެއް އިހްސާސް ކުރެވޭނެ،” ޝާމިން ވިދާޅުވި އެވެ.

ޝާމިން ވިދާޅުވީ މަގުތައް ބަންދުކުރަން ނިންމާފައި ވާނީ ދުއްވާ އެއްޗެހީގައި އުޅޭ މީހުންނަށް ވެސް އުނދަގޫ ނުވާނެ ގޮތަށް ކަމަށެވެ.

“އެއީ ހެނދުނު ދަތުރު ދާން ބޭނުންވާ މީހުންނަށް އަދި މެންދުރު ހުކުރު ނަމާދަށް ދާން ބޭނުންވާނެ މީހުންނަށް އުނދަގޫ ނުވާނެ ގޮތަށް،” އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހު ހައުސިން މިނިސްޓްރީން ހަ ވައުދެއް ފުރިހަމަކުރުމަށް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން ހަތަރު ވައުދަކީ ބޯހިޔާވެހިކަމާއި ފްލެޓްތައް ދިނުމުގެ ނިޒާމާއި ގުޅޭ ވައުދުތަކެކެވެ. މި ސަރުކާރުން ވައުދުތައް ފުރިހަމަ ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ގުނަނީ ބަންދު ދުވަސްތައް ނުލަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މާލޭ ރައްޔިތުންގެ ޕިކްނިކް އައިލެންޑް އަވަސްކޮށްދިނުމަށް މޭޔަރު އެދިލައްވައިފި

ސުވާދީބު

ޕީޕީއެމް ނުލިބުމުން މައުމޫންގެ އަރިސް ބޭފުޅުން ޕާޓީން ވަކިވަނީ

ސުވާދީބު

ޒިނޭއާއި ގުޅިގެން ދެއްކި ވާހަކަ އޮޅިވަޑައިގަންނަވާނަމަ މަޢާފަށް އެދެން – ނަޝީދު

ސުވާދީބު
Share