web analytics
ް މުނިފޫހި ފިލުވުން

ޖޫހީ ޗާވްލާ އާއިލާއާ އެކު ރާއްޖޭގައި!

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އިންޑިއާގެ މަޝްހޫރު ބަތަލާ ޖޫހީ ޗާވްލާ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ. އެނގިފައިވާ ގޮތުން، އޭނާ އާއިލާއާ އެކު ޗުއްޓީ ހޭދަކުރަމުން އަންނަނީ ފޯ ސީޒަން ލަނޑާ ގިރާވަރު ރިސޯޓްގަ އެވެ. އެކަން އެނގެނީ ޖޫހީގެ އިންސްޓާރގްރާމް އެކައުންޓް މެދުވެރިކޮށް ހިއްސާކޮށްފައިވާ ފޮޓޮތަކުންނެވެ.

“ޑަރް” އާއި “ދަރާރު”، “ޔެސް ބޮސް” އަދި “އިޝްގް” ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ، ޖޫހީގެ އުމުރުން މިހާރު 50 އަހަރު ވެފައި ވާއިރު، މުމްބާއީގެ ވިޔަފާރިވެރިއަކާ ކައިވެނިކޮށްގެން މިހާރު ދެ ކުދިން ވެސް ތިބެއެވެ. އެހެން ކަމުން، ފިލްމުތަކުން އޭނާ ފެންނަލެއް މިހާރު ވަރަށް މަދެވެ.

މީގެ އިތުރުން، ޖޫހީއަކީ ދިވެހި ފިލްމެއްގައި ލަވައެއް ކުޅެން ވެސް ފުރުސަތު ލިބުނު ފަންނާނަކެވެ. އެއީ ދިވެހި ފިލްމު “ރަންމުތް” ގެ ލަވައެކެވެ.

ނަމަވެސް ރާއްޖެ އައިސް އެއާޕޯޓުން ލޯންޗަށް އަރަން އުޅުމުގެ ތެރޭގައި ޖޫހީގެ ފަޔަށް ލިބުނު ގެއްލުމަކާ ގުޅިގެން ޖެހުނީ ލަވަ ނުކުޅެ އެނބުރި އިންޑިއާ އަށް ދާށެވެ. ޗުއްޓީއަށް ފަހު، އޭނާ އާއިލާއާ އެކު އެނބުރި ގައުމަށް ދާނެ ދުވަހެއް އަދި އެނގިފައި ނުވެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ބަންގްލަދޭޝް ފެޝަން ވީކްގައި ދައްކާލި މި ދިވެހި ޑިޒައިނަށް ސަމާލުކަން ލިބުނު

ސުވާދީބު

ސްރީ ސާންތު ދެން ބޭނުމީ ސްޓީވެން ސްޕީލްބާގްގެ ފިލްމެއްގައި މަސައްކަތްކޮށްލަން

ސުވާދީބު

މިހާރު އެންމެ ގިނަ ބަޔަކު އިންސްޓަގްރާމުން ފޮލޯކުރާ އަންހެނަކީ ސެލީނާއެއް ނޫން

ސުވާދީބު
Share