web analytics
ޙަބަރު

ޖޭޕީ އިން ހުށަހެޅި އިސްލާހަކާއި ގުޅިގެން އީވާ ރުޅިގަދަވެއްޖެ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ދިވެހިރާއްޖޭގައި މިހާރު އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕްރައިމަރީ ބާއްވާ ހަމައެކަނި ޕާޓީއަކީ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އީވާ އަބްދުﷲ، ޖޭޕީ އަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ހުށަހެޅި އިސްލާހާއި ދެކޮޅަށް ވާހަކަފުޅު ދައްކަވައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލު ގެނައުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ހުށަހަޅުއްވާފައިވާ، އިސްލާހާއި ދެކޮޅަށް އީވާ ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އީވާ ވިދާޅުވީ، އެމްޑީޕީއަކީ ޑިމޮކްރަސީގައި އޮންނަ އުސޫލުން ކަންކަން ކުރުމަށް އަންނަ ޕާޓީއެއްކަމަށެވެ.

“އެމްޑީޕީން އެކަނި ޕްރައިމަރީޒް ބާއްވަނީ. މި އިސްލާހު ހުށަހެޅީމާ މިއީ އެމްޑީޕީއާ ގުޅޭ އިސްލާހެއް. އަޅުގަނޑުމެން ތިން ހަތަރު މަސް ދުވަހުގެ ތެރޭގައި އެބަދަން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، މިއަދުވެސް އަޅުގަނޑުމެންނަށް ފެންނަނީ ފުލުފުލުގަ ފުލުފުލުގަ މަޖިލީހަށް ކުރިމަތިލާތަން. 84 ގޮނޑިއަށް ތިން ހަތަރު މީހުން އެބަ ކުރިމަތިލާ. އެއީ އަޅުގަނޑުމެންގެ ގަބޫލުކުރާ ގޮތުގައި އެންމެ ހަރުދަނާ ސިފައަކީ އެތެރޭގައި ވާދަކުރުމަކީ. އިންތިހާބަކުން ދެމިގަންނަ މީހާއަށް ޓިކެޓު ލިބެންޖެހޭނެ. ޕާޓީގެ ވެރިމީހާ މިހެން މިހެން ހޮވާލީމަކާނޫން އެމްޑީޕީން ޓިކެޓު ދެނީކީއެއް،” އީވާ ވިދާޅުވިއެވެ.

އަބްދުއްލަތީފް ހުށަހެޅުއްވި ބިލުގައި ވަނީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެނޑިޑޭޓުންނަށް އިންތިހާބުތަކުގައި ވާދަނުކުރެވޭނެކަމަށް ބުނެފައި އޮންނަ އިސްލާހު އުވާލުމަށެވެ.

އިވާގެ އިތުރުން އެމްޑިޕީގެ ގިނަ މެމްބަރުން ދެކިލައްވާގޮތުގައި ޕާޓީގެ ޕްރައިމަރީން ބަލިވާ މީހާއަށް އަލުން އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު އޮވެގެން ނުވާނެއެވެ. ސަބަބެއްކަމުގައި މެންބަރުން ބުނަމުން އައީ އެކަމަކީ ދުނިޔޭގައި ބޮޑެތި ގައުމުތަކުންވެސް ކަންތައްކުރަމުން އަންނަ ގޮތް ކަމަށްވާތީއާއި އެކަމަކީ ޑިމޮކްރަސީގެ އުސޫލުތަކާއި ހިލާފުކަމަށްވާތީ ކަމަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އޭސީސީގެ ރިޕޯޓުން ހިޔާނާތުގެ ކަޅު ފަރާތެއް ނުފެނޭ!

ސުވާދީބު

ޝަރުއީ ނިޒާމް އިސްލާހު ކުރުމުގެ މަސައްކަތުގައި ދެމި އޮންނާނަން: އެމްޑީޕީ

ސުވާދީބު

ބޮޑު މުޒާހަރާއެއް ދެން ކުރަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް – އުމަރު

ސުވާދީބު
Share